![ހަރެހެރި 2022 ގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމާން ރެސްޓޯރެންޓު!](/_next/image?url=%2Fsikundi-content%2Fuploads%2F2022%2F10%2FIMG_6409.jpg&w=3840&q=75)
ހަރެހެރި 2022 ގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމާން ރެސްޓޯރެންޓު!
# ޓޭޑް# ޒިމަމަން ރެސްޓޯރެންޓް# ހަރެހެރި 2022IMG_6409
ގދ ތިނަދޫ ކައުންސިލުން އިސްނަގައިގެން ތިނަދޫގެ ޓޭޑް ޖަމިއްޔާއާއި ގުޅިގެން އެރަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތުގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމާން ރެސްޓޯރެންޓު ހަމަޖައްސައިފި އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މުބާރާތުގެ ބެވަރޭޖަސް ޕާޓްނަރަކަށް ޒިމަމާން ރެސްޓޯރެންޓު ހަމަޖެއްސީ އިއްޔެގެ ވަގުތެއްގައި އެވެ. ޒިމަމާން ރެސްޓޯރެންޓަކި ގދ ތިނަދޫގައި އާއި މާލެ ސިޓީގައި ހިންގަމުން އަންނަ ރެސްޓޯރެންޓެކެވެ.
މި މުބާރާތަކީ ތިނަދޫ ކައުންސިލްގެ ބަޖެޓުން މިއަހަރު ބާއްވާ ދެވަނަ މުބާރާތެވެ. ތިނަދޫ ކައުންސިލުން ވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހު ތިނަދޫގެ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އޮފީސް ފުޓްސަލް މުބާރާތެއް ބާއްވާފައެވެ. ހަރަހެރި ފުޓްސަލް މުބާރާތަކީ ތިނަދޫގައި ބޭއްވި އޮފީސް މުބާރާތުގައި ގިނަ ޒުވާނުންނަށް ފުރުސަތު ނުލިބިފައިވާތީ ކައުންސިލުން އިސްނަގައިގެން ތިނަދޫގެ ހުރިހާ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް މުބާރާތެކެވެ.
މި މުބާރާތް ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ ކުރީކޮޅު އެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެއަށް ވަނީ ހަމަވެފައި އެވެ.
ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑެވެލޮޕްމެންޓް އެންޑް އެމްޕަވަރމެންޓް (ޓޭޑް) އަކީ 15 އޮކްޓޫބަރ 2019 ގައި ރެޖިސްޓްރީކޮށްފައިވާ ޖަމްޢިއްޔާއެކެވެ. މިއީ ގދ. ތިނަދޫގެ ޒުވާނުންތަކެއް އިސްނަގައިގެން ތިނަދޫގައި އިޖުތިމާއީ ކަންތައްތައް ރާވައިހިންގުމާއި ތިނަދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ޒުވާނުންގެ ކުރިމަގަށް ކުރެވެންހުރި މަސައްކަތްކޮށް ޒުވާނުންނަކީ މުޖުތަމައުގައި ބޭނުންތެރިބަޔަކަށްހަދައި ބާރުވެރިކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.
އަދި ޒުވާނުންނަށް ބޭނުންވާ ދާއިރާތަކުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ހިންގައި، ޒުވާނުންގެ ކުރިއެރުމަށް ފަހިފުރުސަތުތަކެއް ހޯދައިދީ ޤައުމީ ފެންވަރެއްގައި ފަޚުރުވެރިވާނެ ފަދަ ދަރިންތަކެއް ތިނަދޫއިން އުފެއްދުމަކީވެސް މި ޖަމިއްޔާގެ މަގްސަދެކެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު އޮންލައިން އެވެ.