logoEN
cocacola
މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ރާއްޖޭގައި

މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ރާއްޖޭގައި

އަލްފާ އަލީ

logo

10/27/2022, 4:28:22 PM

# ޔޮހާނީ# ބައިސްކޯފު# ޗަނާޗާ 2022

FgEWcdRacAIoI4u

"މެނިކެ މަގޭ ހިތޭ" އިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔޮހާނީ ޑިކޯލާ ޑި ސިލްވާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ގޮސިޔާ

ޔޮހާނީ ރާއްޖެ އައިސްފައި މިވަނީ، ރާއްޖޭގެ މަޝްހޫރު ސްޓްރީމިންގ ޕްލެޓްފޯމެއް ކަމުގައިވާ ބައިސްކޯފުން އިންތިޒާމްކޮށްގެން އަންނަ ހޮނިހިރު ދުވަހު ބާއްވާ "ޗަނާޗާ 2022"ގައި ޕާފޯމްކުރުމަށެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބައިސްކޯފްގެ "ޗާނާޗާ 2022" ގައި ޕާފޯމް ކުރުމަށް މިއަދު ޔޮހާނީ އާ އޭނާގެ ޓީމް ރާއްޖެ އައިސްފައިވާ ކަމަށެވެ. ޔޮހާނީ ރާއްޖެ އައިސްފައިމިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

undefined

މިއީ ޔޮހާނީ ރާއްޖެއަށް ޒިޔާރަތްކުރި އަދި ރާއްޖޭގައި ޕާފޯމްކުރާ ފުރަތަމަ ފަހަރުވެސް މެއެވެ. ޔޮހާނީ އަކީ ރާއްޖޭގެ ގިނަބައެއްގެ މަގުބޫލުކަންވެސް ހޯދާފައިވާ ފަރާތެކެވެ. އެހެންކަމުން މި ޝޯވ އަށް ގިނައަދަދެއްގެ ބަޔަކު ޒިޔާރަތްކުރާނެ ކަމަށްވެސް ބެލެވެއެވެ.

undefined

"ޗަނާޗާ 2022" ޝޯގެ ވީއައިޕީ ޓިކެޓު ގަންގަނަ ފަރާތްތަކަށް ޔޮހާނީއާ ބައްދަލުކޮށް، އެކުގައި ފޮޓޯނެގުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބައިސްކޯފުން ބުނެއެވެ. އަދި "ޗަނާޗާ 2022"ގެ ޓީޝާޓަކާއެކު، ޝޯ ބަލާލުމަށް ޚާއްސަ ޖާގައެއް ވީއައިޕީ ޓިކެޓު ގަންނަ މީހުންނަށް ހަމަޖެހިގެން ދާނެ އެވެ.

ލިމިޓެޑް އަދަދަކަށް ވީއައިޕީ ޓިކެޓެއްގެ އަގު އުޅެނީ 999 ރުފިޔާ އަށެވެ. ހަވީރުގެ ޝޯއަށް ހިލޭ ވަދެވޭއިރު ރޭގަނޑުގެ ޝޯއަށް ވަދެވޭނީ 150 ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ. ކުރިން ޓިކެޓް ގަނެފައިވާ ފަރާތްތަކަށްވެސް ވީއައިޕީ ޓިކެޓަށް ބަދަލުކުރުމުގެ ފުރުސަތުވެސް ބައިސްކޯފުން ވަނީ ހުޅުވާލާފައެވެ.

ޝޯގެ ޓިކެޓް ގަންނަ މީހުންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ބެނެލީގެ ފަރާތުން ހަދިޔާ ކޮށްފައިވާ، ފަނަރެއާ ސައިކަލެއް ހަދިޔާކުރަން ވަނީ ނިންމާފައެވެ.

"ޗަނާޗާ 2022" ޝޯވ ބާއްވަން ނިންމާފައިވަނީ، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ. ޔޮހާނީގެ ލައިވް ޕާފޮމެންސް ފެނިގެންދާނީ ރޭގަނޑު އޮންނަ ޝޯވގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ