logoEN
ޕީއެންސީ 2
މުފްތީ މެންކުގެ ދަރުސް އޮންނާތީ ޔޯހާނީގެ ޝޯ ފަސްކޮށްފި

މުފްތީ މެންކުގެ ދަރުސް އޮންނާތީ ޔޯހާނީގެ ޝޯ ފަސްކޮށްފި

މަރިޔަމް ޝާލިނީ

logo

10/13/2022, 7:35:18 PM

# ހޮޅުއަށި# ޔޮހާނީ

Yohani-4

މުފްތީ މެންކުގެ ދަރުސް އޮންނަ ރެއާ ދިމާކޮށް ސްރީލަންކާގެ ލަވަކިއުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑި ސިލްވާ ޕާފޯމް ކުރުމަށް ހަމަޖެހިފައިވާ "ޗަނާޗާ 2022" ޝޯ ފަސްކޮށްފިއެވެ.

ޝަރީ 2024

ބައިސްކޯފުން އިންތިޒާމްކުރާ އެ ޝޯ ފަސްކޮށްފައިވާކަން އެ ކުންފުނިން ވަނީ އިއުލާންކޮށްފައެވެ. ބައިސްކޯފުން ބުނީ، އެ ޝޯ އޮންނަ ރޭ އެހެން ހަރަކާތެއް ބާއްވަން ތައްޔާރުވަމުން އަންނާތީ އެ ދުވަހު ބާއްވަން ނިންމާފައިވާ ޝޯ މިމަހުގެ 29 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ޗަނާޗާ ޝޯ މީގެ ކުރިން ބާއްވަން އުޅުނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގައެވެ. ނަމަވެސް އެރޭ މުފްތީ މެންކުގެ ދަރުސެއްވެސް ބާއްވަން ހަމަޖެހިފައިވާތީ މީސްމީޑިއާގައި ޝޯއާ ދެކޮޅަށް ގިނަ ބަޔަކު ވަނީ އަޑު އުފުލާފައެވެ.

Baiskoafu team has been planning #Chanaachaa2022 for 28th Oct

2022, for the past couple of months. However, it has come to our attention that there is another major gathering coinciding on the same day. pic.twitter.com/YLr0vzies2

— Baiskoafu (@baiskoafu) October 13, 2022

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް ބާއްވަނީ މާލޭގައެވެ. ސްރީ ލަންކާއަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދިވެހި ގިނަ އަދަދެއްގެ ފަންނާނުންގެ ހުނަރު ފެނިގެންދާނެ “ޗަނާޗާ ޝޯ” ބާއްވަނީ ހުޅުމާލޭގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ