
އެމްއެންޕީގެ ވެރިކަމެއްގައި ރާއްޖެއަށްް ޕޭޕަލްގެ ހިދުމަތް ތަޢާރަފުކުރާނަން - ނާޒިމް
# އެމްއެންޕީ# މުޙައްމަދު ނާޒިމްFf7y-VHaAAA2gXy
މޯލްޑިވްސް ނެޝަނަލް ޕާޓީގެ ވެރިކަމެއްގައި ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެކިއެކި ސޮފްޓްވެއަރތައް ތައްޔާރުކުރާ ވަރަށް ގިނަ ޒުވާނުން ރާއްޖޭގައި ތިބި ނަމަވެސް އެ ޒުވާނުންގެ ސޮފްޓްވެއަރ ވިއްކާލައިގެން ޕޭޕަލްފަދަ ތަންތަނުން ލިބޭ ފައިސާ ރާއްޖެ ގެނެވޭނެ ގޮތެއް ނޯންނަކަމަށާއި، ރާއްޖޭގެ ބޭންކިން ނިޒާމަކަށް އޮތީ ވަރަށް ދޯހަޅި ނިޒާމެއް ކަމަށެވެ.
މިކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބޮޑު ތަނުން ފެއިލް ވެފައިވާ ކަމަށް ސިފަކޮށް ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި އެމްއެމްއޭ އެކީ ރިފޯމް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖޭން ބޭރުން ގެންނަންޖެހޭ ފައިސާ ފަސޭހަކަމާއެކު ރާއްޖެއަށް ގެނެވި ޒުވާނުން ކުރާ މަސައްކަތުގެ ނަފާ އެ ޒުވާނުންގެ ޖީބަށް ވަންނަގޮތް ހަދައިދޭނެ ކަމަށް ނާޒިމް ވަނީ ވައުދުވެވަޑައިގެންފައެވެ.
ޕޭޕަލްގެ ވާހަކަ ނާޒިމް ފާހަގަ ކުރައްވާފައިވާއިރު، ޕޭޕަލްފަދަ ހިދުމަތްތައް ރާއްޖެއަށް ތައާރަފު ކުރުމަކީ ވަރަށް ގިނަ ޒުވާނުން މެދުނުކެނޑި އެދެމުންދާކަމެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި ނާޒިމްގެ މި ވައުދާއި ގުޅިގެން ބައެއް ޒުވާނުން ދަނީ އެކަން ފާހަގަ ކުރަމުންނެވެ.