![މިއަހަރުގެ މިހާތަނަށް 80،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F134547912_3563986533680709_7827798305415959314_n.jpg&w=3840&q=75)
134547912_3563986533680709_7827798305415959314_n
މިމަހުގެ މިހާތަނަށް ޖުމްލަ 80،134 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް ރާއްޖެ އައިސްފައިވަނީ 80،134 ފަތުރުވެރިންނެވެ. މީގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު އައީ 4،195 ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 17،870 ފަތުރުވެރިން އައިސްފައިވާ އިރު، ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 16،155 ފަތުރުވެރިން އައިސްފައިވާއިރު، ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫކްރޭނުންނެވެ. ޔޫކްރެއިނުން ރާއްޖެ އައީ 6،263 ފަތުރުވެރިންނެވެ.
ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކޮށްފައިވީ ނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިން އިތުރު ކުރުމަށް ސަރުކާރާ ގުޅިގެން ބައެއް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެއަށް 555،494 ފަތުރުވެރިން އައިސްފައި ވެއެވެ. މިގެ ކުރިން އަބަދުވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިލިއަނަކަށްވުރެ ގިނަ އެވެ. ކޮވިޑް19 އާ ގުޅިގެން ދުނިޔޭގެ ގައުމުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަނީ ވަރަށް ބޮޮޑަށް ދަށްވެފައެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ 15 އަތޮޅެއްގެ 47 ރަށެއްގައި 318 ގެސްޓްހައުސްއެއް ހުޅުވައިގެން ފަތުރުވެރިންނަށް ދަނީ ހިދުމަތް ދެމުންނެވެ. އަދި ރާއްޖޭގެ 143 ރިސޯޓަކާއި މެރީނާއެއް ހުޅުވައިގެން ހިދުމަތްދޭ އިރު، 11 ހޮޓަލަކާއި 134 ސަފާރީއެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ.
ގުޅުންހުރި
![އައްޑޫއަށް ޗައިނާއިން ސީދާ ދަތުރުކުރެވޭނެ އިންތިޒާމުތައްދަނީ ހަމަޖައްސަމުން - ފައިސަލް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F7%2F082A2976.jpg&w=3840&q=75)
އައްޑޫއަށް ޗައިނާއިން ސީދާ ދަތުރުކުރެވޭނެ އިންތިޒާމުތައްދަނީ ހަމަޖައްސަމުން - ފައިސަލް
![މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިއާ ރާއްޖެ އަތުވެއްޖެ, ތައިލެންޑު އަންހެނެއް!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F6%2FGREnCaca8AAB8hE.jpeg&w=3840&q=75)
މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިއާ ރާއްޖެ އަތުވެއްޖެ, ތައިލެންޑު އަންހެނެއް!
![އެއްމިލިއަން ވަނަ ފަތުރުވެރިޔާ މި މަހު ރާއްޖެ އަންނާނެ - ފައިސަލް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F6%2FFZ8OQ5OaIAASkZK.webp&w=3840&q=75)
އެއްމިލިއަން ވަނަ ފަތުރުވެރިޔާ މި މަހު ރާއްޖެ އަންނާނެ - ފައިސަލް
![ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ މައްޗަށް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F2%2FviN07uDYrhDNCRR.jpg&w=3840&q=75)