logoEN
cocacola
5 ކޭސް ފެން ގަތަސް އެވިއަރ އިން މިހާރު ޑެލިވަރކޮށްދޭނެ

5 ކޭސް ފެން ގަތަސް އެވިއަރ އިން މިހާރު ޑެލިވަރކޮށްދޭނެ

އައިޝަތު އިފާޝާ

logo

10/24/2022, 4:24:56 PM

# އެވިއަރ

New Project (69)

"އެވިއަރ" ގެ 5 ކޭސް ފެން ގަތުމުން މިހާރު ޑެލިވަރީކޮށްދޭ ގޮތަށް އެކުންފުނިން ހަމަޖައްސައިފިއެވެ.

ގޮސިޔާ

އެވިއަރ އިން ކުރިން ޑެލިވަރީ ހިދުމަތް ދެމުންގެންދިޔައީ 10 ކޭސް ފެން ގަތުމުންނެވެ. ނަމަވެސް އިއްްޔެއިން ފެށިގެން އެކުންފުނިންވަނީ 5 ކޭސް ފެން ގަތަސް ތިނދޫގެ ހުރިހާ ގެތަކަށް ހަމަ އެދުވަހު ދޮރާ ހަމައަށް ޑެލިވަރީ ކޮށްދޭން ފަށާފައެވެ.

އެވިއަރ ބްރޭންޑްގެ ބޯފެނަކީ ހުވަދުއަތޮޅުގައި ގާއިމްވެ އުފައްދާ ބޯފެނުގެ ދެވަނަ ބްރޭންޑެވެ. ނަމަވެސް މި ބްރޭންޑު ތަފާތުވާ ސަބަބެެއް އޮވެ އެވެ. އެއީ ފެނުގެ މީރު ރަހައާއި ފެން ބަންދުކުރުމަށް ބޭނުން ކުރާ ރީތި ބައްޓަމުގެ ނަލަ ފުޅި އެވެ. އެ ފެން އުފައްދައި ބަންދުކުރަނީ ގދ. ތިނަދޫގައެވެ.

އަކުއަލައިން ކުންފުނިން ގދ. ތިނަދޫގައި ހިންގާ ބޮޓްލިން ޕްލާންޓުން އުފައްދާ މި ފެން ޚާއްސަ ވާ ސަބަބަކީ، މިއީ ޒަމާނުއްސުރެ ހުވަދު އަތޮޅަށް ކުރިމަތިވެފައިވާ ފުޅީގައި ބަންދުކުރި ފެން ލިބުމުގެ ދަތިކަމަށް ހައްލު ހޯދައިދިން ވަސީލަތަކީވެސް އެވިއަރ ކަމަށް ވުމެވެ. ހަފްތާ ދެހަފްތާ ވަންދެން ފެން ނުލިބި ތިބެންޖެހޭ ތިބުމަށް ނިމުމެއް ގެނެސްދިނީ އެވިއަރ އިންނެވެ. ހެޔޮ އަގުގައި އަތޮޅުގެ ކޮންމެ ރަށަކަށްވެސް އެކުންފުނިން ފެން ފޯރުކޮށްދެ އެވެ.

އަކުއަލައިން ކުންފުނިން އުފައްދާ މި ބްރޭންޑުގެ ފެން ލިބޭނީ ދެ ސައިޒަކަށެވެ. އެއީ، 500 އެމްއެލްގެ ކުޑަ ފުޅިއާއި 1.5 ލީޓަރުގެ ބޮޑު ފުޅިއެވެ. މިއިން ކޮންމެ ސައިޒަކުންވެސް ކޭހެއްގެ އަގު އުޅެނީ 58 ރުފިޔާ އަށެވެ. މިއީ މިވަގުތު މާކެޓުގައި ފެން ލިބޭ އެންމެ ހެޔޮ އަގުކަން ފާހަގަކޮށްލެވެއެވެ.

ދެކުނުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ފެން ފޯރުކޮށްދިނުމަށް ނުހަނު ގިނަ ފަސޭހަ ގޮތްތަކެއްވެސް އެކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރުމުގެ ފުރުސަތުހުޅުވާލާފައިވާއިރު އެކުންފުނިން ވަނީ އޯޑަރުކުރެވޭނެ އައިއޯއެސް އަދި އެންޑްރޮއިޑް އެޕްލިކޭޝަނެއްވެސް ތައާރަފްކޮށްފައެވެ. އަދި އޭގެ އިތުރުން އެކުންފުނީގެ ހޮޓްލައިން 4002999 އަށް ގުޅުއްވައި ފެންކޭސްތަކަށް އޯޑަރުކުރެވޭނެއެވެ.

އެވިއަރ ބްރޭންޑުގެ ބެލެނިވެރި ކުންފުނި ކަމުގައިވާ އަކުއަލައިންގެ މެނޭޖިންގ ޑިރެކްޓަރ ޝަނީޒް އިބްރާހިމް ވިދާޅުވީ، އެ ޕްލާންޓުގެ ޚިދުމަތް ދެކުނުގެ ތިން އަތޮޅަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ