logoEN
cocacola
ދެކުނުގެ ކަރުހިއްކުން ފިލުވައިދިން އެވިއަރ

ދެކުނުގެ ކަރުހިއްކުން ފިލުވައިދިން އެވިއަރ

# އެވިއަރ

STOMC13 2022 preps 3 _ _ 4231

"މިރަށުގެ ފެން އެބަހުރި ތަ؟ އެ ފެން ހާދަ މީރޭ. އެ ފެން ނޫނީ ނުބޯނަން" ފިހާރައެއްގެ ތެރޭ ވިޔަފާރި ކުރަމުންދަނިކޮށް އެ ފިހާރައަށް ވަތް މީހަކު ފިހާރައިގެ ސޭޓު ކައިރީ މި ސުވާލު ކުރި އަޑު އެހީމެވެ. މިއީ "އެސްޓީއޯ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022" އަށް ތިނަދޫއަށް މިހާރު އައިސްފައިވާ އެތައް ސަތޭކަ މެހެމާނުން ދައްކާ ބުރަދަން ހުރި ވާހަކައެކެވެ. އެ މެހެމާނުން އެ ފާހަގަކުރާ ފެނަކީ އެލަވައަކަށް ތިނަދޫގެ ނަން މަޝްހޫރުވި "ފެން މީރުވި ރީތި ރަށޭމީ، ރޫހު ވަނީ ތިނަދޫގައޭ" ލަވައިގައި އެ ސިފަކޮށްދޭ ތިނަދޫގެ ފެނުގެ ވާހަކައެއް ނޫނެވެ. ހަގީގަތުގައި އެ މީހާ އެ ދެއްކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖެއަށް މަޝްހޫރުވި، ތިނަދޫގައި އުފައްދާ ހުވަދު އަތޮޅުގެ ފެން ބްރޭންޑު، "އެވިއަރ" ފެނުގެ ވާހަކަ އެވެ.

ގޮސިޔާ

އެވިއަރ ބްރޭންޑްގެ ބޯފެނަކީ ހުވަދުއަތޮޅުގައި ގާއިމްވެ އުފައްދާ ބޯފެނުގެ ދެވަނަ ބްރޭންޑެވެ. ނަމަވެސް މި ބްރޭންޑު ތަފާތުވާ ސަބަބެެއް އޮވެ އެވެ. އެއީ ފެނުގެ މީރު ރަހައާއި ފެން ބަންދުކުރުމަށް ބޭނުން ކުރާ ރީތި ބައްޓަމުގެ ނަލަ ފުޅި އެވެ. އެ ފެން އުފައްދައި ބަންދުކުރަނީ ގދ. ތިނަދޫގައެވެ.

އަކުއަލައިން ކުންފުނިން ގދ. ތިނަދޫގައި ހިންގާ ބޮޓްލިން ޕްލާންޓުން އުފައްދާ މި ފެން ޚާއްސަ ވާ ސަބަބަކީ، މިއީ ޒަމާނުއްސުރެ ހުވަދު އަތޮޅަށް ކުރިމަތިވެފައިވާ ފުޅީގައި ބަންދުކުރި ފެން ލިބުމުގެ ދަތިކަމަށް ހައްލު ހޯދައިދިން ވަސީލަތަކީވެސް އެވިއަރ ކަމަށް ވުމެވެ. ހަފްތާ ދެހަފްތާ ވަންދެން ފެން ނުލިބި ތިބެންޖެހޭ ތިބުމަށް ނިމުމެއް ގެނެސްދިނީ އެވިއަރ އިންނެވެ. ހެޔޮ އަގުގައި އަތޮޅުގެ ކޮންމެ ރަށަކަށްވެސް އެކުންފުނިން ފެން ފޯރުކޮށްދެ އެވެ.

އަކުއަލައިން ކުންފުނިން އުފައްދާ މި ބްރޭންޑުގެ ފެން ލިބޭނީ ދެ ސައިޒަކަށެވެ. އެއީ، 500 އެމްއެލްގެ ކުޑަ ފުޅިއާއި 1.5 ލީޓަރުގެ ބޮޑު ފުޅިއެވެ. މިއިން ކޮންމެ ސައިޒަކުންވެސް ކޭހެއްގެ އަގު އުޅެނީ 58 ރުފިޔާ އަށެވެ. މިއީ މިވަގުތު މާކެޓުގައި ފެން ލިބޭ އެންމެ ހެޔޮ އަގުކަން ފާހަގަކޮށްލެވެއެވެ.

ތިނަދޫއަށް އައިސްފައިވާ މެހެމާނުންނަށްވެސް އެވިއަރ ފެން ކަމުގޮސްފައިވާ ކަމުގެ ފަހަތުގައިވަނީ ރައްޔިތުންގެ އިތުބާރެވެ. އެވިއަރ އިން ވަނީ އެ އިތުބާރު ދަމަހައްޓައި، ހުވަދު އަތޮޅުގެ ނަމްބަރ-1 ފެން ބްރޭންޑުގެ މަގާމް ހޯދާފައެވެ.

ދެކުނުގެ ރައްޔިތުންނަށް ހެޔޮ އަގުގައި ފެން ފޯރުކޮށްދިނުމަށް ނުހަނު ގިނަ ފަސޭހަ ގޮތްތަކެއްވެސް އެކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. އެގޮތުން އެކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރުމުގެ ފުރުސަތުހުޅުވާލާފައިވާއިރު އެކުންފުނިން ވަނީ އޯޑަރުކުރެވޭނެ އައިއޯއެސް އަދި އެންޑްރޮއިޑް އެޕްލިކޭޝަނެއްވެސް ތައާރަފްކޮށްފައެވެ. އަދި އޭގެ އިތުރުން އެކުންފުނީގެ ހޮޓްލައިން 4002999 އަށް ގުޅުއްވައި ފެންކޭސްތަކަށް އޯޑަރުކުރެވޭނެއެވެ.

އެވިއަރ ބްރޭންޑުގެ ބެލެނިވެރި ކުންފުނި ކަމުގައިވާ އަކުއަލައިންގެ މެނޭޖިންގ ޑިރެކްޓަރ ޝަނީޒް އިބްރާހިމް ވިދާޅުވީ، އެ ޕްލާންޓުގެ ޚިދުމަތް ދެކުނުގެ ތިން އަތޮޅަށް ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ