
JSC
ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ފަތުޙުﷲ ޖަމީލް މޫސާގެ ސުލޫކީ މައްސައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ބަލަން ނިންމާފައިވަނީ ޖިނާޢީ އިޖުރާތުގެ ޤާނޫނުގެ 139 ވަނަ މާއްދާ އަދި ޝަރީޢަތް ކުރުމާބެހޭ ޖިނާޢީ އިޖުރާތުގެ ޤަވާއިދުގެ 122 އަދި 123 ވަނަ މާއްދާތަކުގައި ބަޔާންކޮށްފައިވާގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުގައި ފަރުވާކުޑަކޮށްފައިވާ މައްސަލައެކެވެ.
ޖޭއެސްސީން ބުނީ އެ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް އެ ކޮމިޝަނުން ނިންމާފައިވާތީ އެކަމަށް މިހާރު ތަހުގީގު ކޮމެޓީއެއްވެސް އެކުލަވާލާފައިވާކަމަށެވެ.
ފަނޑިޔާރުންނާ ގުޅޭގޮތުން މިފަދައިން ޖޭއެސްސީއަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްފަހު، ބައެއް ފަޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައެވެ.
ގުޅުންހުރި

ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު އިސްތިއުފާ ދެއްވައިފި

ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރ "ކޭލި" އިފްތިތާޙްކޮށްފި

ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަމުގައި ލަފާދޭ ފަނޑިޔާރުންގެ ބޯޑެއް އުފައްދަނީ




