logoEN
WAMCO TOP 1
ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރ "ކޭލި" އިފްތިތާޙްކޮށްފި

ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރ "ކޭލި" އިފްތިތާޙްކޮށްފި

އައިޝަތު އިފާޝާ

logo

3/2/2024, 9:45:35 AM

# ޖުޑީޝަލް ސާވިސް ކޮމިޝަން

"ކޭލި" ސޮފްޓްވެއަރ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރ "ކޭލި" އިފްތިތާޙްކޮށްފިއެވެ.

THE TRAVELLER AD

ޝަރުޢި ދާއިރާއަށް މުޅިން އަލަށް ތަޢާރަފުކުރާ މި ސޮފްޓްވެއަރ އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން އެވެ.

މި އަދ އިފްތިތާޙް ކުރެވުނު "ކޭލި" ސޮފްޓެވެއަރ އިފްތިތާޙްކޮށްދެެއްވުމަށްފަހު އުއްތަމަ ފަނޑިޔާރު ވަނީ, މި ސޮފްޓްވެއަރ ގެ ސަބަބުން ޝަރުޢީ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ވާނެ ކަމަށާއި ޝަރީޢަތްތައް ހިންގައި ނިންމުމުގައި ފަސޭހަކަން ފަނޑިޔާރުންނަށް އިހުސާސްކުރެވިގެންދާނެ ކަން ފާހަގަކުރައްވާފައެވެ.

މި ސޮފްޓްވެއަރ ޑިވެލޮޕްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވަނީ އިންޓެލިއަރ ޕާޓްނަރޝިޕްގެ ޑިވެލޮޕަރުންނާއި ޝަރުޢީދާއިރާގެ ކަމާ ބެހޭ ޑިޕާޓްމަންޓްގެ ޑިވެލޮޕަރުންގެ ޓީމަކުންނެވެ.

undefined"ކޭލި" ސޮފްޓްވެއަރ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޖޭއެސްސީގެ ރައީސް ޙިސާން ހުސައިން ވާހަކަ ދައްކަވަނީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުޑީޝަލް ސަރިވސް ކޮމިޝަންގެ ރައީސް ޙިސާން ޙުސައިން ދެއްކެވި ވާހަކަފުޅުގައި ވަނީ "ކޭލި" ސޮފްޓްވެއަރ ބޭނުން ކުރަން ފެށުމަކީ ދިވެހި ބަހަށާއި ޝަރުޢީދާއިރާއަށް އިންގިލާބެއް ގެނުވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މި ސޮފްޓްވެއަރ ޑިވެލޮޕްކުރި ޓީމުގެ ބުރަ މަސައްކަތް ފާހަގަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ވަނީ އެ ޓީމަށް ޝުކުރު ދަންނަވާފައެވެ.

ކުރިން 30 މިނެޓުގެ ބަޔާނެއް ޓައިޕްކުރުމަށް 2 ގަޑިއިރު ހޭދަވާއިރު, މި ސޮފްޓްވެއަރ މެދުވެރިކޮށް 30 މިނެޓުގެ ބަޔާނެއް ޓައިޕްކުރުމަށް ހޭދަވާނީ ގިނަވެގެން 3 މިނެޓެވެ.

undefined"ކޭލި" ސޮފްޓްވެއަރ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުޢޫދު ވާހަކަ ދައްކަވަނީ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން, ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުޢޫދު ވިދާޅުވީ, މި ސޮފްޓްވެއަރ އަކީ ޝަރުޢީދާއިރާއިން ޓެކްނޮލޮޖީއަށް ފައިހަމަކޮށް, ޓެކްނޮލޮޖީގެ މާހައުލުގައިވެސް ދިވެހިބަސް ހިފަހައްޓާލެވޭނެ ކަން ރަމްޒުކޮށްދޭ އަލިގަދަ ދަލީލެއް ކަމަށެވެ.

undefined"ކޭލި" ސޮފްޓްވެއަރ އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ރިޒްނާ ވާހަކަ ދައްކަވަނީ

މި ސޮފްޓްވެއަރ ބޭނުންކުރަންފެށުމުން، ޝަރުޢީ ކޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށްވާ މުވައްޒަފުންނާއި ވަސީލަތް ނެތުމުގެ ސަބަބުން، ޝަރީޢަތްތަކުގެ ބަޔާންތައް ޓައިޕްކުރުމުގަ ދިމާވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ރިޒްނާ ވިދާޅުވިއެވެ.

އަދި ޝަރީޢަތްތަކުގައި ދެކެވޭ ވާހަކަ އަކުރުން އަކުރަށް ލިޔެ މަޙްޟަރުކުރުމުގެ މަސައްކަތް ފަސޭހަވެ އަވަސްވެގެންދާނެކަން ވެސް ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ރިޒްނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ފަހުގެ
HDC