logoEN
WAMCO TOP 1
ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު އިސްތިއުފާ ދެއްވައިފި

ޖޭއެސްސީގެ ނައިބު ރައީސްކަމުން ޔަޒްމީދު އިސްތިއުފާ ދެއްވައިފި

# ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމުން ޔަޒްމީދު މުޙައްމަދު އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުން ޔަޒްމީދު މުހައްމަދު އިސްތިއުފާ ދެއްވައިފި އެވެ.

THE TRAVELLER AD

ޔަޒްމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖޭއެސްސީއިން ވަނީ ކޮށްދެއްވި ހިދުމަތައް ޝުކުރު އަދާކުރައްވާ ޕޯސްޓުކުރައްވާފަ އެވެ.

ޖޭއެސްސީ އިން ބުނީ އެ ކޮމިޝަންގެ ނައިބު ރައީސް އަދި މެންބަރެއްގެ ހައިސިއްޔަތުން އިދާރާއަށް ކޮށްދެއްވި އަގުހުރި ހުރިހާ ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މަސައްކަތްތައް އަގުވަޒަންކުރާ ކަމަށްވެސް ޖޭއެސްސީ އިން ބުންޏެވެ.

ގއ. ވިލިނގިލި، ވައިޖެހޭގެ ޔަޒްމީދު މުހައްމަދު އެމަގާމަށް އައްޔަންކުރެއްވީ ރައީސް އެވެ. އަދި އޭނާ ޖޭއެސްސީގެ ނައިބު ރައީސްކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އޭރުގައި އެ އިދާރާގައި ހުންނެވި ނައިބު ރައީސް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

10 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޖޭއެސްސީގައި، ޔަޒްމީދު އިސްތިއުފާ ދެއްވުމާ ގުޅިގެން ތިއްބެވީ 9 މެންބަރުންނެވެ.

View post on Twitter

ޖޭއެސްސީގައި ތިއްބެވި މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައި ހުންނަވާ މެންބަރު އަލްއުސްތާޛު ހުސްނީ މުބާރިކް އާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިހާބު ކޮށްފައިވާ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއާއި، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ހަސަން ޝަފީޢު އާއި، ދަށު ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ފަރުހާދު ރަޝީދާއި، ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު އިދްރީސް ފައުޒީއާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އަދި ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފެވެ.

ކޮމެންޓް
ފަހުގެ
HDC