
އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ތިނަދޫގައި ފަށައިފި
# އެސްޓީއޯ# ގދ.ތިނަދޫ# އެސްޓީއޯ މަކިޓާ ނެޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް 2022# ކުޅިވަރު# އެތުލެޓިކްސް އެސޯސިއޭޝަން# މަކިޓާMLH_1625
ގދ. ތިނަދޫގައި ބާއްވާ "އެސްޓީއޯ މަކިޓާ ނޭޝަނަލް ޖޫނިއަރ ޗެމްޕިއަންޝިޕް 2022" މިރޭ ރަސްމީކޮށް ފަށައިފިއެވެ.

ތިނަދޫ ސްޓޭޑިއަމްގައި މިރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި މުބާރާތް ފެއްޓުމަށް މުބާރާތުގެ ރަސްމީ ޓޯޗް ރޯކޮށްދެއްވީ ގދ. ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއާއި ތިނަދޫއަށް އުފަން އަދި މިހާރު ގައުމީ ލޯންގް ޖަމްޕު ރެކޯޑް ހޯލްޑަރު ނާހިލް ނިޒާރު އެވެ.
މިރޭ ބާއްވާފައިވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތެވެ. މުބާރާތުގެ ހަރަކާތްތައް ފެށިގެންދާނީ މާދަމާ ހެނދުނު، ތިނަދޫ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ޖުމްލަ 36 ސްކޫލެއް ބައިވެރިވެފައިވެއެވެ. އަދި މުބާރާތުގައި ޖުމްލަ 1057 އެތުލީޓުން ވާދަ ކުރާނެ އެވެ.
މިއީ 2014 ވަނަ އަހަރުގެ ފަހުން ޖޫނިއާ އެތްލެޓިކްސް މުބާރާތް ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ. 2019 ވަނަ އަހަރު ތިނަދޫގައި އެތްލެޓިކްސް އެސޯސިއޭޝަނުން ވަނީ އިންޓަސްކޫލް އެތުލެޓިކްސް މުބާރާތެއް ބާއްވާފައެވެ. އަދި 2018 އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތްވެސް ތިނަދޫގައި ބާއްވާފައެވެ.
ތިނަދޫއަކީ އެތްލެޓިކްސްގައި ވަރަށް ކާމިޔާބު ރަށެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެތްލެޓިކްސް މުބާރާތްތަކުގައި ތިނަދޫއަށް ނިސްބަތްވާ އެތްލީޓުން އަންނަނީ ރަން ވަނަތަކެއް ހޯދައި ޤައުމީ ރިކޯޑްތައްވެސް މުގުރާލަމުންނެވެ. މިއަހަރުގެ މުބާރާތް ތިނަދޫގައި ބޭއްވުމަށް ފުރުސަތު ލިބިގެން ދިޔައީ ތިނަދޫ ކައުންސިލުން މުބަރާތަށް ބިޑް ހުށަހެޅުމުން އެންމެ މަތިން ޕޮއިންޓް ލިބުމުންނެވެ.
ގިނަ އެތްލީޓުންނާއެކު ކޮންމެ އަހަރަކުވެސް ބާއްވާ ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުން ވިދާލާ ހުނަރުވެރިން އަންނަނީ ގައުމީ ފެންވަރުގައިވެސް ކާމިޔާބީތައް ހޯދަމުންނެވެ.
ތިނަދޫގައި ބާއްވާ މަކިޓާ ނެޝަނަލް ޖޫނިއާ އެތްލެޓިކްސް މުބާރާތް މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް ތިނަދޫ ސްޓޭޑިއަމްގައި ކުރިއަށްދާނެ އެވެ.
ގުޅުންހުރި

ސަރުކާރުން ހަދިޔާކުރާ މަސްކޭސް މާލެ ސަރަހައްދުގައި ދޫކުރަން ފަށާނީ މިމަހު 20 އިން ފެށިގެން!

ބޭހާއި ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އެސްޓީއޯއާއި އެމްޑީޔޫ އިސްވެ އޮވެ ކޮމެޓިއެއް އުފައްދަނީ!

ރޯދައެއް އެސްޓީއޯ އޮތީ ތައްޔާރަށް: ތަކެތީގެ އަގުތައް ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާނެ!
