logoEN
Sto top
ޓިކްޓޮކްގައި އުޅޭ މީހުންގެ މެދުގައިވެސް ހަނީމޫން ހޭދަކުރަން އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ!

ޓިކްޓޮކްގައި އުޅޭ މީހުންގެ މެދުގައިވެސް ހަނީމޫން ހޭދަކުރަން އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ!

އަހުމަދު ޝުރާއު

logo

10/22/2022, 7:35:32 PM

# ރާއްޖެ

kkkkjasd

އިނގިރޭސި ވިލާތުގެ ލަގްޒަރީ ޓްރެވަލް ކުންފުންޏަކުން ޓިކްޓޮކްގައި އުޅޭ މީހުންގެ މެދުގައި އެންމެ މަގުބޫލު ހަނީމޫން މަންޒިލް ހޯދުމަށް ކުރިޔަށް ގެންދިޔަ ހަރަކާތުން އެއްވަނަ ރާއްޖެ ހޯދައިފި އެވެ.

Wamco

ކުއޯނީން ނަމަކަށް ކިޔާ ކުންފުނިން ޓިކްޓޮކްގައި ކުރިޔަށް ގެންދިޔަ މިހަރަކާތުން ރާއްޖެއަށް އެއްވަނަ ލިބުނު އިރު ދެވަނަ ލިބުނީ އިޓަލީއަށެވެ. އެލިސްޓުގައި ދެން ހިމެނުނީ ބާލީ, ގްރީސް އަދި އެންޓީގާ އެންޑް ބާބެޑާގެ އިތުރުން މެލޭޝިއާ, މެކްސިކޯ, އިނގިރޭސި ވިލާތް, ދުބާއީ އަދި ކޮސްޓަ ރިކާއެވެ.

އެހަރަކާތުން ދައްކާ ގޮތުން, ރާއްޖޭގައި ހަނީމޫން ހޭދަކުރާ ތަން ދައްކައިދޭ ވީޑިއޯތައް 3.5 މިލިއަން ފަހަރު ބަލާފައިވެއެވެ. އިޓަލީގައި ހަނީމޫން ހޭދަކުރާ ތަން ދައްކައިދޭ ވީޑިއޯތައް ބަލާފައިވަނީ 3.3 މިލިއަން ފަހަރެވެ.

ވަނަތަށް ހޮވާފައިވަނީ ޓިކްޓޮކްގައި އުޅޭ މީހުންގެ މެދުގައި އެންމެ މަގުބޫލު ހަނީމޫން މަންޒިލް ދެނެގަތުމަށް 455 ހޭޝްޓެގެއްގެ ދަށުން ޕޯސްޓްކޮށްފައިވާ ވީޑިއޯތައް ބެލި މީހުންގެ އަދަދުންނެވެ.

ރާއްޖެއަށް އަންނަނީ ބައިނަލްގާވާމީ ފަތުރުވެރިކަމުގެ ގިނަ އެވޯޑްތަކެއް ލިބެމުންނެވެ. އެގޮތުން އޭޝިޔާގައިވެސް އެންމެ ގިނަ އެވޯޑްތަށް ލިބުނު ފަތުރުވެރިކަމުގެ މަންޒިލަށް ރާއްޖެ ވަނީ ވެގެންގޮސްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside