logoEN
Sto top
ސަނީ ލިއޯނާއެކު ރާއްޖޭގައި ކޮފީ ޑޭޓަކަށް ދިއުމުގެ ފުރުސަތު

ސަނީ ލިއޯނާއެކު ރާއްޖޭގައި ކޮފީ ޑޭޓަކަށް ދިއުމުގެ ފުރުސަތު

އަލްފާ އަލީ

logo

6/19/2022, 5:22:24 PM

# ސަނީ ލިއޯން# ރާއްޖެ

pjimage-7-1562076847

ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯނާއެކު ރާއްޖޭގައި ކޮފީ ޑޭޓަކަށް ދިއުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

Wamco

ސަނީ ލިއޯންގެ މީސްމީޑިއާ އެކައުންޓުތަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިންޑިއާގެ ޓްރެވަލް އެޖެންސީ "އޭޒް ޔޫ ޕްލޭން"އިން މެނޭޖްކޮށްގެން ކުރިއަށް ގެންދާ ހަރަކާތެއްގެ ތެރެއިން މޮޅުވާ ފަރާތަކާއެކު ކޮފީ ޑޭޓަކަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ވެކޭޝަން ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ދުވަހުގެ ނިޔަލަށް ކަމަށް ސަނީލިއޯން ވަނީ ބުނެފައެވެ.

View this post on Instagram

A post shared by Sunny Leone (@sunnyleone)

ސަނީ ލިއޯން ބުނީ މި ދަތުރުގައި އޭނާގެ އިތުރުން އެެހެން ސެލެބްރެޓީންނާއި އާޓިސްޓުންނާއެކު ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ދަތުރުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓުތަކުުގެ ތެރޭގައި ހިމެނެނީ:

ސަނީ ލިއޯނާއެކު ސަންރައިސް ބީޗް ޔޯގާ

ސަނީލިއޯން ހޯސްޓުކުރާ އަތިރިމަތީގެ ކުޅިވަރުތައް

ސަނީ ލިއޯނާއެކު ކޮފީ ޑޭޓެއް (ކުޅިވަރުތަކުން މޮޅުވާ މީހުންނަށް)

ސަނީ ލިއޯންއާ އެކު މި ޗުއްޓީގައި ބައިވެރި ވެވެނީ ކޮން ބަޔަކަށް ކަމެއް ބުނެފައެއް ނުވެއެވެ. އެކަމަކު މި ދަތުރު ބުކް ކުރަން ޖެހޭނީ އޭޒް ޔޫ ޕްލޭން ޓްރެވަލް އެޖެންސީ މެދުވެރިކޮށް ކަމަށް ވަނީ ބުނެފައެެވެ. އަދި ދޫކޮށްލެވޭނީ 110 ވިލާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside