logoEN
Sto top
ޝެއިޚް ޤަރްޟާވީގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި

ޝެއިޚް ޤަރްޟާވީގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފި

# ރާއްޖެ# ކަށުނަމާދު# ހުކުރު

20210417_1618657296-277324

ފަހުގެ ތާރިޚުގައި އިސްލާމީ ދުނިޔެ ދުށް މަޝްހޫރު އެންމެ ވަރުގަދަ އެއް ޢިމްލުވެރިޔާ ފަޟީލަތުއްޝައިޚް އަލް ޢައްލާމާ ޔޫސުފް އަލްޤަރްޟާވީ ރަހިމަހުﷲގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ.

Wamco

ޤަރްޟާވީ އަކީ މި ޒަމާނުގައި އިސްލާމީ ދުނިޔެ ދުށް އެންމެ ފުންނާބުއުސް އެއް ދީނީ ޢިލްމުވެރިއެކެވެ. އަދި އިސްލާމީ ފިކުރާއި އިސްލާމީ ދަޢުވަތު ފެތުރުއްވުމުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއްކުރައްވާފައިވާ އެންމެ ފުންނާބު އުސް ޢިލްމުވެރިންގެ ތެރޭގައި ޤަރްޟާވީ ހިމެނިވަޑައިގެންނަވައެވެ. މީގެއިތުރުން މި ޒަމާނާ ގުޅޭގޮތުން އިސްލާމީ ފިކުރު ތަރައްޤީކުރުމާއި ޒަމާނީ މައްސަލަތަކާ ގުޅޭގޮތުން ދީނީގޮތުން ޢާންމުންނަށް އޮޅުންއަރާ އެތައްކަމެއް އޮޅުންފިލުވައިދެއްވި، އިޖްތިހާދު ކުރުމުގެ އިސް އެއް މޭސްތިރީގެ ގޮތުގައިވެސް ޤަރްޟާވީ ހިމެނިވަޑައިގަންނަވައެވެ.

ޤަރްޟާވީ ވަނީ 120 ފޮތެއް ލިޔުއްވާފައެވެ. އެމަނިކުފާނު ލިޔުއްވި ފޮތްތަކުގައި ތެރެއިން އެންމެ މަގުބޫލުކަން ލިބުނީ 1960 ވަނަ އަހަރު ލިޔުއްވި "އަލް ހަލާލް، ވަލް ހަރާމް ފިލް އިސްލާމް" މި ފޮތަށެވެ. މީގެއިތުރުން 1973 ވަނަ އަހަރު ނުކުތް "ފިގްހު އަލް ޒަކާތު" މި ފޮތަކީވެސް އެމަނިކުފާނުގެ މަޝްހޫރު ލިޔުއްވުމެކެވެ.

އަލްޤަރްޟާވީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ މިމަހުގެ 26ވަނަދުވަހުއެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވިއިރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 96 އަހަރެވެ. މިއަދުގެ ހުކުރު ނަމަދަށްފަހު ރާއްޖޭގައި ހުކުރުކުރާ ހުރިހާ މިސްކިތެއްގައި ވަނީ ޝައިޚް ގަރުޟާވީގެ މައްޗަށް ޣައިބަށް ކަށުނަމާދުކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside