logoEN
WAMCO TOP 1
އުތުރަށް ނެރުނު ހުދު ސަމާލު އިތުރަށް ދަމަހައްޓައިފި

އުތުރަށް ނެރުނު ހުދު ސަމާލު އިތުރަށް ދަމަހައްޓައިފި

އަޙްމަދު ޖަމީލު

logo

10/19/2022, 5:59:57 AM

# މޫސުމަށް އަންނަ ބަދަލުތައް

White Alert

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ނެރުނު ހުދު ސަމާލު އިތުރަށް ދަމަހައްޓައިފިއެވެ.

THE TRAVELLER AD

މިގޮތުން ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ.

View post on Twitter

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ދަމަހައްޓާފައިވަނީ މިއަދު ހެދުނު 6:00 އިން މެންދުރު 11:00 އާއި ހަމައަށެވެ.

އެ އިދާރާއިން ބުނެފައުވަނީ މި މުއްދަތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައްވެސް ގަދަ ވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސް މި ދުވަސްވަރުގައި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC