logoEN
WAMCO TOP 1
އަހަރެއްގެ ތެރޭގައި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު 1 ފޫޓަށް އުފުލޭނެ، ހުއްޓުވޭނެ ގޮތެއް ނެތް - ދިރާސާ

އަހަރެއްގެ ތެރޭގައި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު 1 ފޫޓަށް އުފުލޭނެ، ހުއްޓުވޭނެ ގޮތެއް ނެތް - ދިރާސާ

އައިޝަތު އިފާޝާ

logo

8/30/2022, 10:07:20 AM

# މޫސުމަށް އަންނަ ބަދަލުތައް# ގްރީންލޭންޑް

29cli-greenland-facebookJumbo

ގްރީންލޭންޑުގެ އައިސް ގިރުމުގެ ސަބަބުން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު ގާތްގަނޑަކަށް 1 ފޫޓު އުފުލޭނެ ކަމަށާއި، ދުނިޔެއިން މިއަދު ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ދޫކުރުން ހުއްޓާލި ނަމަވެސް އެކަން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

THE TRAVELLER AD

ނޭޗާ ކްލައިމެޓް ޗޭންޖް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން އެނގުނު ގޮތުގައި ގްރީންލޭންޑުގެ އައިސް ޝީޓުން އައިސް ގިރުމުގެ ސަބަބުން މަދުވެގެން 10 އިންޗިއަށް ގަނޑުގެ ލޮނުގަނޑު އުފުލޭނެއެވެ. އެއީ ގްރީންލޭންޑާއި، އެންޓާޓިކާއާއި، ތަރމަލް އެކްސްޕެންޝަން ގެ ސަބަބުން މިދިޔަ ގަރުނުގެ ތެރޭގައި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ މިންވަރާއި ގާތްކުރާ އަދަދެއް ކަމަށެވެ.

ޑެންމާކާއި ގްރީންލޭންޑުގެ ޖިއޮލޮޖިކަލް ސާވޭގެ ދިރާސާކުރާ ފަރާތްތަކުން ވަނީ ގްރީންލޭންޑާއި އެ ގައުމުގެ ވަށައިގެންވާ އައިސްޝީޓްގެ ވޮލިއުމަންޓަށް އަންނަ ބަދަލުތައް ފާހަގަކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ގްރީންލޭންޑްގެ އައިސް ޝީޓްގެ ގާތްގަނޑަކަށް 3.3 އިންސައްތަ (110 ޓްރިލިއަން ޓަން)ގެ އައިސް ގިރިގެންދާނެ ކަމަށް ލަފާކޮށްފައެވެ.

ގްރީންލޭންޑުގައި ހުރި ހުރިހާ އައިސް އެއް ގިރިއްޖެ ނަމަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަނޑުގެ ލޮނުގަނޑު ގާތްގަނޑަކަށް 25 ފޫޓަށް އުފުލިގެންދާނެއެވެ. އެހެން ކަމަށްވާނަމަ ކުދި ޖަޒީރާ ގައުުމުތައް އެއްކޮށް ފެނުއަޑިއަށް ދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

ކޮމެންޓް
ފަހުގެ
HDC