logoEN
WAMCO TOP 1
ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް ފަށައިފި

ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް ފަށައިފި

# މޫސުމަށް އަންނަ ބަދަލުތައް# ކްލައިމެޓް އެޑަޕްޓޭޝަން

ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެކަންކަމަށް ހޭނުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ "ކްލައިމެޓް އެޑަޕްޓޭޝަން ފޯރަމް" ފަށައިފިއެވެ.

THE TRAVELLER AD

މުޅި ރާއްޖެއިން 130 އަށްވުރެ ގިނަ ބައިވެރިންނާއެކު ފެށި މި ފޯރަމަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ހަރަކާތެކެވެ.

މި ފޯރަމްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކަމާބެހޭ މާހިރުންނާއި، ސަރުކާރުގެ މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް މެނޭޖުކުރުމާއި، އެކަންކަމަށް ބޭނުންވާ ފައިސާ ހޯދާނެ އީޖާދީ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރެވޭ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން (ޕަބްލިކް-ޕްރައިވެޓް ޕާޓްނަޝިޕް) މަސައްކަތް ކުރެވޭނެ ގޮތްތަކަށްވެސް މި ފޯރަމްގައި އަލިއަޅުވާލާނެއެވެ.

މި ފޯރަމްގެ ސަބަބުން، މޫސުމީ ބަދަލުތަކަށް ވިލުންތެރި މުޖުތަމައުއެއް ބިނާކުރުމަށް ބޭނުންވާ މުހިންމު ސިޔާސަތުތަކާއި އަމަލީ ގޮތުން ކުރެވިދާނެ ކަންކަން ދެނެގަނެވިގެންދާނެއެވެ.

މި ސަރުކާރުން މޫސުމީ ބަދަލުތަކަށް ހޭނުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައިނަލްއަގުވާމީ މައިދާނުގައިވެސް ރާއްޖޭގެ ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި ވަކާލާތު ކުރައްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC