
"މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ހުޅުވުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވައިފި
# ރައީސް އިބްރާހިމް މުހައްމަދު ސާލިހް258472_5f74fb9d-4_
ބައިނަލްއަޤުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދާއި އެއްގޮތަށް، މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ 7 ވަނަ މުބާރާތްކަމުގައިވާ، "މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޝަރަފްވެރިކޮށްދެއްވައިފިއެވެ.

މިމުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު، މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލްގައެވެ.
މިމުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގެ ބައެއް މެޗުތައް ބައްލަވާލައްވާފައެވެ.
މި އަހަރުގެ ބީ.ޑަބްލިއު.އެފް ކޮންޓިނެންޓަލް ސާކިޓުގައި ހިމެނޭ، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް 2022ގެ މެޗުތައް ކުރިޔަށްދާނީ، މި އޮކްޓޫބަރުމަހުގެ 18 އިން 23 އަށެވެ.
މިމުބާރާތުގައި ދުނިޔޭގެ 25 ޤައުމަކުން ދުއިސައްތައަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންވެސް ހިމެނެއެވެ.
ގުޅުންހުރި

"ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

"މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ހުޅުވުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފި
