
ތަރައްޤީގެ އާ އުސްމިންތަކަށް ރާއްޖެ ވާޞިލްވުމުގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއް - ރައީސް
# ރައީސް އިބްރާހިމް މުހައްމަދު ސާލިހް238979-e2aef8ea-3-1024x683
އިޖުތިމާޢީ ތަރައްޤީ އާއި އިޤްތިޞާދީ ތަރައްޤީގެ އާ އުސްމިންތަކަށް ރާއްޖެ ވާޞިލްވުމުގައި، ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއިއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ރައީސް މިމޭރުމުން ވިދާޅުވީ ދިވެހިރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާޞަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ތަޙުނިޔާ ފޮނުއްވަމުންނެވެ.
ރައީސް، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް ތަޙުނިޔާ ވިދާޅުވެ ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި އޮތް އެކުވެރި ގާތްގުޅުމަކީ، ދިގުތާރީޚެއް އޮތް ގުޅުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ވިހި އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިޖުތިމާޢީ، ޘަޤާފީ އަދި އިޤްތިޞާދީ ތަރައްޤީގައި ޗައިނާއިން ނުހަނު ބޮޑު ޙިއްޞާއެއް ވެދީފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން މިއަހަރުގެ ކުރީކޮޅު ދިވެހިރާއްޖެއާ ޗައިނާއިން ސޮއިކޮށްފައިވާ ފަސް އެއްބަސްވުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލައްވާފައިވެއެވެ. މީގެ އިތުރުން މިއެއްބަސްވުންތަކުގެ ދަށުން، ޗައިނާ އާއި ދިވެހިރާއްޖޭގެ ގުޅުން މުސްތަޤުބަލުގައި އިތުރަށް ބަދަހިވެގެން ދިޔުމަށް މަގުފަހިވެގެންދާނޭ ކަމަށް ޔަޤީންކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މިމެސެޖުގައި، ވިދާޅުވީ، ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން ބިނާވެފައި ވަނީ، ތާރީޚީ ގުޅުންތަކާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެޤައުމުގެ މެދުގައި އޮތް އިޙްތިރާމުގެ ބިންގަލުގެ މައްޗަށް ކަމަށެވެ. އަދި ދިވެހިރާއްޖެއާ ޗައިނާގެ މިގުޅުން ކުރިއަރައި ދެމިގެންދާނޭ ކަމަށްވެސް ޔަޤީން ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް، ޗައިނާގެ ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ވަކިން ފޮނުއްވެވި މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާގެ ތާރީޚީ ގުޅުމާއި، ސިޔާދަތީ ހަމަހަމަކަމާއި، ދެޤައުމުންވެސް އެއްޤައުމު އަނެއްޤައުމުގެ އިސްތިޤުލާލަށް ކުރާ އިޙްތިރާމަކީ، ދެޤައުމުގެ ގުޅުމުގެ ހަރުދަނާ ބިންގާކަމަށާއި، ފާއިތުވި 50 އަހަރުވެސް ރާއްޖެއާ ޗައިނާގެ ގުޅުން ދެމިގެން އައީ އެ ބިންގަލުގެ މަތީގައި ކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ މި މެސެޖުގައި، އިޖުތިމާޢީ ތަރައްޤީ އާއި އިޤްތިޞާދީ ތަރައްޤީގެ އާ އުސްމިންތަކަށް ރާއްޖެ ވާޞިލްވުމުގައި، ޗައިނާއިން ދެމުން އަންނަ އެއްބާރުލުމާއި ވެދޭ އެހީ އާއިއެކު، ޗައިނާއަކީ ރާއްޖެއަށް ވަރަށް މުހިއްމު ބައިވެރިއެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
ރައީސްގެ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޕްރެމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް އޮފް ޗައިނާ، ލީ ކީކްޔާންގއަށް ވަކިވަކިން ފޮނުއްވެވި މި ދެ މެސެޖުގައި، ދިވެހިރާއްޖެއާ ޗައިނާއިން ގާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުން، ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތެރިކަމުގެ ގުޅުން ބަދަހިވެގެންދާނޭ ކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

"ނެސްލޭ ކިޑްސް ފުޓްބޯޅަ ފިއެސްޓާ" ނިންމުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

"މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް-2022" ހުޅުވުމުގެ ރަސްމިއްޔާތު ރައީސް ޝަރަފްވެރިކޮށްދެއްވައިފި

ކާށިދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފި
