logoEN
cocacola
ކައުންސިލްތަކުން މަޝްރޫއުތައް ހިންގާ ވަރަކަށް ބޭނުންވާ ފައިސާ ދަނީ ދޫކުރަމުން - އަމީރު

ކައުންސިލްތަކުން މަޝްރޫއުތައް ހިންގާ ވަރަކަށް ބޭނުންވާ ފައިސާ ދަނީ ދޫކުރަމުން - އަމީރު

އައިޝަތު އިފާޝާ

logo

10/17/2022, 12:15:12 PM

# ފިނޭންސް މިނިސްޓަރ# އިބްރާހިމް އަމީރު

Fe8mv0UUYAEJKu0

ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކައުންސިލްތަކުން ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ މަޝްރޫއުތައް ހިންގާ މިންވަރަކުން ފައިސާ ދޫކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިނިސްޓަރ މިހެން ވިދާޅުވީ ލާމަރުކަޒީ ޤާނޫނުގެ 69 ވަނަ މާއްދާގައިވާ ފަދައިން ޤައުމީ އިދާރީތަކުން ހިންގާ ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކުގެ ތެރެއިން ކައުންސިލްތަކުގެ ހިންގުން ޙަވާލުކުރަންޖެހޭ މަޝްރޫޢުތަކުގެ ފައިސާ ކައުންސިލްތަކާ ޙަވާލު ނުކުރައްވާ ސަބަބު ސާފު ކުރުމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހާއިއެކު 5 މިލިއަނަށްވުރެ ކުޑަ ޕްރޮޖެކްޓެއްނަމަ ކައުންސިލްތަކަށް ހިންގޭނެ ގޮތަށް އަދި 15 މިލިޔަނަށްވުރެ ކުޑަ ޕްރޮޖެކްޓެއްނަމަ ސިޓީ ކައުންސިލަށް ހިންގޭ ގޮތަށް ޤާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ. ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޤާނޫނަށް ގެނައި އިސްލާހާއިއެކު ރަށްރަށުގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން 5 މިލިޔަނަށް ކުޑަ މަޝްރޫޢުތައް ހަވާލު ކުރާނީ އެމަޝްރޫޢެއް ހިންގާ ވުޒާރާއަކުން ކަމަށެވެ.

"ފަސްމިލިޔަނަށްވުރެ ދަށް ޕްރޮޖެކްޓްސްތައްވެސް އަދި އެއަށްވުރެ މަތީ ޕްރޮޖެކްޓްސްތައް ޓެންޑަރިން މަރުހަލާ ގެންދާނެ ގޮތްތައް ނިންމަނީ އެވުޒާރާއަކުން. އެއީ ފިނޭންސް މިނިސްޓްރީން އަޅުގަނޑުމެން ނިންމާ ކަންތައްތަކެއްނޫން. އެކަމަކު ޓެންޑަރިން މަރުހަލާ ގެންދާނެ ގޮތް މާލިއްޔަތު ގަވާއިދުގެ ދަށުން އަޅުގަނޑުމެން މިފާހަގަ ކުރަނީ. ޕްރޮޖެކްޓް ހިންގާ މިންވަރަކުން އަޅުގަނޑުމެން މިދަނީ ފައިސާ ދޫކުރަމުން. ފައިސާ ގަނޑުކޮށް ކުޑަކުޑަ ޕްރޮޖެކްޓްސްތަކަށް މިހާރުވެސް ފައިސާ ދަނީ ދޫކުރެވެމުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓްރީގެ ޒިންމާއަކީ މަޝްރޫޢުގެ ޓެންޑަރުންގެ މަރުހަލާއާއި، މަސައްކަތް އެވޯޑު ކުރުމަށްފަހު ފައިސާ ދޫކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށްވެސް މިނިސްޓްރީން ދަނީ ކައުންސިލްތަކާއި ހަވާލު ކުރެވޭ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ އެމަޝްރޫޢެއް ކުރިއަށްދާ މިންވަރަކުން ދޫކުރަމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮންމެ އަހަރަކަށްވެސް ދައުލަތުން ފާސްކުރާ ބަޖެޓަކީ އަހަރު ފަށާއިރު ފަސްކުރާ އަދަދަށް ފައިސާ ލިބިގެން މަސައްކަތް ފަށާ ގޮތަށް އޮންނަ ކަމަކަށް ނުވާއިރު، މަޝްރޫޢުތައް ހިންގުމުގައިވެސް ސަރުކާރުން އިސްކަންދެނީ ލިބޭ އާމްދަނީއާއި، އަދި ލިބޭނެކަމަށް އަންދާޒާ ކުރި އާމްދަނީއަށް ބެލުމަށްފަހުކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ