![އިންތިޚާބަށް ކެމްޕެއިންކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ގައިޑްލައިން ގައި ހިމަނައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2Fbig_Wa2Ti9XMa1Qu0oOG9vohkf92S.jpg&w=3840&q=75)
އިންތިޚާބަށް ކެމްޕެއިންކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ގައިޑްލައިން ގައި ހިމަނައިފި
# ސިޔާސީ# ލޯކަލް ކައުންސިލް އިންތިޚާބު# ކެމްޕައިންCampaign
އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކެމްޕެއިންކުރުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލެކްޝަން ކޮމިޝަނަށް ފޮނުވާފައިވާ ގައިޑްލައިންގައި ހިމަނައިފިއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިން އަދި ޢާންމުކޮށްފައި ނުވާއިރު، އެ ގައިޑްލައިން ވަނީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުން ކެމްޕެއިންކުރުމަށް ނުވަތަ އެއްވުންތައް ބާއްވަންވާނީ އެޗްޕީއޭގެ އުސޫލްތަކާއި އެކުކަމަށާއި، އެގޮތުން ގިނަމީހުން އެއްވާ އެއްވުންތައް ނުބޭއްވުމަށް ވަނީ ބާރުއަޅާފައެވެ.
އެގައިޑްލައިންގައި އޮންލައިންކޯށް ކެމްޕެއިންކުރުމަށް ބާރު އަޅާފައިވާއިރު، ގޭގެއަށް ޒިޔާރަތް ނުކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ. ޚާއްޞަކޯށް މޮނިޓަރިންގެ ޙާލަތަށް ލާފައިވާ ރަށްރަށުގައި ގޭގެއަށް ޒިޔާރަތް ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިން އޮތް ގޮތުން އިންތިޚާބު ބޭއްވުމަކީ ދަތިކަމެއްކަމަށެވެ. ނަމަވެސް ގައިޑްލައިނަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ބަލައި އެކުލަވާލާފައިވާ ގައިޑްލައިނަކަށްވުުން އެކަމަށް އިޚުތިރާމު ކުރާކަމަށެވެ.
ހަރުކަށި ފިިޔަވަޅުތަކާއެކު އިންތިޚާބު ކުރިއަށް ގެންދިއުމަށް އެ ގައިޑްލައިންގައި ބާރު އަޅާފައިވާއިރު، އިންތިޚާބު ބާއްވާނެ ތާރީޚް އީސީން އިއްޔެ އިޢުލާންކުރުމާއެކު ކެމްޕެއިންކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ތަޢާވަލުކޮށްފައިވަނީ އޭޕްރީލް 10 ވަނަ ދުވަހުގައެވެ.