logoEN
cocacola
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

އައިޝަތު އިފާޝާ

logo

10/15/2022, 11:15:18 PM

# ރައީސުލްޖުމްހޫރިއްޔާ# އިބްރާހިމް މުޙަައްމަދު ސޯލިހު

240313_54846c89-4_-1536x1025

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ގޮސިޔާ

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ފުރާވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހުގައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަކީ ތައިރޮއިޑުގެ ސާޖަރީއަށްފަހު ޗެކަޕެއް ހެއްދެވުމަށް ކުރެއްވި ދަތުރުފުޅެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ކުރީކޮޅު ތައިރޮއިޑްގެ ސާޖަރީއެއް ސިންގަޕޫރުން ކުރައްވާފައެވެ. ތައިރޮއިޑްގެ އޮޕަރޭޝަން ކުރެއްވީ ފެބްރުއަރީ 25 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ