![މީހަކަށް ކުރެވޭ ކުށެއްޖެ ނާޖާއިޒު ފައިދާ ނަގާ ފަޟީހަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން - ރައީސް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F4%2FGLEFpMQa8AAgdQ7.jpg&w=3840&q=75)
މީހަކަށް ކުރެވޭ ކުށެއްޖެ ނާޖާއިޒު ފައިދާ ނަގާ ފަޟީހަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން - ރައީސް
# ރައީސުލްޖުމްހޫރިއްޔާ# ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު
މީހަކަށް ކުރެވޭ ކުށެއްޖެ ނާޖާއިޒު ފައިދާ ނަގާ ފަޟީހަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
ރައީސް ޑރ މުއިއްޒު މިހެން ވިދާޅުވެފައިމިވަނީ, ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުالله ގެ ކާރުކޮޅުގައި ޕިކަޕަކުން ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކޮށް އިންތިޚާބުވެފައިވާ މެންބަރަކު އެމައްސަލައާ ގުޅިގެން ދެ ފަރާތާއި ވާހަކަދައްކައި ކޮށްފައިވާ ވީޑިއޯއަކާ ގުޅިގެންނެވެ.
އެވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އިންތިޚާބީ މެންބަރު އިމްރާން ލަތީފް އަށް އަމާޒުވެފައިވާއިރު, އެވީޑިއޯގައި ޝެއިޚް އިމްރާން އެއްވެސް އެއްޗެެއް ވިދާޅުވެފައިނުވާތީ ގިނަ ބަޔަކު ވަނީ އެމަނިކުފާނަށްވެސް ނުރުހުން ފާޅުކޮށްފައެވެ.
އެމައްސަލައާ ގުޅިގެން ރައީސް މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގާ, އެއްވެސް މަގްސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި ފަޟީހަތްކޮށް ހެދުމަކީ, އަޚްލާގީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބަލާއިރު އެއްގޮތަަކަށްވެސް ކޮށްގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.
ކުށެއް ކޮށްފި މީހަކާއިމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވޭ. އެކަމަށް ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ވެފައިވޭ. ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އޮންނަ ރިވެތި މިންގަނޑުތައް ދޫކޮށް ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މި މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވޭ! - ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ވަނީ އަޅުގަނޑުމެން އެންމެނަކީ އޯގާތެރި, ކުލުނުވެރި އަދި ޒިންމާދާރު މުޖުޔތަމަޢެެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.
ގުޅުންހުރި
![މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ - ރައީސް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2F62572a87-76fc-4289-b475-2574adceb2ac.webp&w=3840&q=75)
މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ - ރައީސް
![ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ ފޮނުއްވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F2%2F340646_b1272ea4-4_.png&w=3840&q=75)
ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ޢާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ ފޮނުއްވައިފި
![ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F5%2F357316_7b201941-8_.jpg&w=3840&q=75)
ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި
![މީހަކަށް ކުރެވޭ ކުށެއްޖެ ނާޖާއިޒު ފައިދާ ނަގާ ފަޟީހަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން - ރައީސް](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F4%2FGLEFpMQa8AAgdQ7.jpg&w=3840&q=75)