logoEN
cocacola
ޕްރައިވެޓް ސްކޫލްތަކުން އޭލެވެލް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން އެހީވަނީ

ޕްރައިވެޓް ސްކޫލްތަކުން އޭލެވެލް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން އެހީވަނީ

އައިޝަތު އިފާޝާ

logo

10/16/2022, 6:00:14 AM

# އޭލެވެލް

1508417355

މަތީ ސާނަވީއަށް ކިޔެވުމަށް ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލްތަކުން ކިޔަވަން ސަރުކާރުން ފައިސާގެ އެހީވާން ނިންމައިފިއެވެ.

ގޮސިޔާ

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މާލެ ސަރަހައްދުގެ ސްކޫލުތަކުން ސާނަވީ ނިންމާ އިމްތިހާނުތައް ފުރިހަމަކޮށް 5 މާއްދާ ނުވަތަ އެއަށްވުރެ ގިނަ މާއްދާއިން ފާސްވެގެން މަތީ ސާނަވީއަށް ކިޔެވުމުގެ ޝަރުތު ހަމަވެ ސީއެޗްއެސްއީން ޖާގަ ނުލިބޭ ދަރިވަރުންނަށް އަމިއްލަ ސްކޫލަކުން އޭލެވެލް ކިޔެވުމަށް ފީ ދެއްކުމަށްޓަކައި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. މިގޮތަށް ފީ ދެއްކުމުގައި ފައިސާގެ އެހީ ދޭނީ އެކަމަށް އެދި ހުށަހަޅާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ޝަރުތު ހަމަވާ ދަރިވަރުން މާލޭގެ ކޮންމެ ސްކޫލަކުން މަތީ ސާނަވީއަށް ކިޔެވި ނަމަވެސް އެ އެހީ ފޯރުކޮށްދެވޭނެ ކަމަށެވެ.

މާލޭގައި މިވަގުތު އޭލެވެލްއަށް ކިޔަވައިދެމުން އަންނަނީ ސީއެޗްއެސްއީ އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ