
އޭލެވެލް ޓޮޕް 10 ގައި ގދ. އޭއީސީގެ ދެ ދަރިވަރުން ހިމެނިއްޖެ
# ގދ. އަތޮޅު ތައުލީމީ މަރުކަޒު# އޭލެވެލްގ
އޭލެވެލް އިމްތިހާނުގައި ބައިވެރިވެ، ރާއްޖޭގެ ޓޮޕް10 ގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެ ދަރިވަރުން ހިމެނިއްޖެ އެވެ.

ކޮވިޑް19އާ ގުޅިގެން 2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނު ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު އެ އިމްތިހާނު ބާއްވާފައިވަނީ މިއަހަރު އެވެ. އެ އިމްތިހާނުގެ ނަތީޖާ ލިބިފައިވާއިރު ގދ، އަތޮޅު ތަޢުލީމީ މަރުކަޒުން މަޢުލޫމާތު ދީފައިވާ ގޮތުގައި ސާނަވީ އިމްތިހާނުގެ ޤައުމީ ގަދަ 10އެއްގައި ދެ ދަރިވަރަކު ވަނީ ހިމެނިފައެވެ.
މިއަހަރުގެ އޭލެވެލް ގަދަ 10 އެއްގައި ހިމެނިފައިވަނީ އެ ސްކޫލުގެ އަޙްމަދު ދާނިޝް ޝަމީމް, ފިނި، ގދ. ތިނަދޫ އަދި އައިޝަތު އަމްނާ ރަޝީދު، ކާމިޔާބު، ގދ. ތިނަދޫ އެވެ. އަޙްމަދު ދާނިޝް ޝަމީމް، ޤައުމީ ގަދަ 10އެއްގެ 9 ވަނައިގައި ހިމެނިފައިވާއިރު، އައިޝަތު އަމްނާ ރަޝީދު ހިމެނިފައިވަނީ ޤައުމީ ގަދަ10އެއްގެ 10 ވަނައިގައެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ރަން ވަނަތަކެއް ކޮންމެ އަހަރަކުވެސް ކާމިޔާބުކުރާ ދަރިވަރުންތަކެއް ބިނާ ކުރާ ސްކޫލެކެވެ. ތައުލީމީ ރޮނގުގެ އިތުރުން ކުޅިވަރުގެ ރޮނގުންވެސް އެ ސްކޫލުން ވަނީ ފާހަގަކޮށްލެވޭ ވަރުގެ ރަން ވަނަތަކެއް ހާސިލްކޮށްފައެވެ.
ގުޅުންހުރި

ޕްރައިވެޓް ސްކޫލްތަކުން އޭލެވެލް ކިޔަވާ ދަރިވަރުންނަށް ސަރުކާރުން އެހީވަނީ

ފެތުމުގެ މުބާރާތަކުން ފުރަތަމަ ފަހަރަށް ތިނަދޫ 3 ސްކޫލަށްވެސް ފާހަގަކޮށްލެވޭ ގިނަ ވަނަތަކެއް

ތިނަދޫ ގެ 3 ސްކޫލަކުން އައްޑޫ ޒޯން ފެތުމުގެ މުބާރާތައް
