
އަމާން އުދަރެސްގެ ޓަވަރުތައް ---
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އެންގި އެންގުން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފި އެވެ.

އޭސީސީން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓާ ގުޅިގެން، ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ފުލެޓު ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް އަންގާފައިވާ އެންގުން މިއަދު ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.އަދި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް މިނިސްޓްރީއަށް އަންގާފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.އެގޮތުން، އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖަޢާކުރުމަށާއި، މުރާޖަޢާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖަޢާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ.
ގުޅުންހުރި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3879 ފްލެޓު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.6 ބިލިއަން ރުފިޔާއަށްވުރެ ގިނަ - ޝާމިލް

ރާއްޖެ ސާބިތުވެއޮތީ ދެފުށްފެންނަ ނިޒާމަކަށް އަހަންމިއްޔަތުކަންދޭ ޤައުމެއްގެ ގޮތުގަ: ރައީސް





