logoEN
cocacola
މާލެ ގެއަކުން ބަނގުރާ ކެއްކި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

މާލެ ގެއަކުން ބަނގުރާ ކެއްކި މައްސަލާގައި މީހަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

10/13/2022, 12:50:58 PM

# ފުލުހުން# މާލެ

police

މިއަދު މާލޭ ގެއަކުން ބަނގުރާ ކެއްކި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި މައްސަލައާ ގުޅިގެން 34 އަހަރުގެ ބިދޭސީ ފިރިހެނަކު އެގޭތެރެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާލޭގެ ހެންވޭރު ރޯޝަނީ މަގުގައި ގެއަކުން އަރާކަމަށް މިއަދު ހެނދުނު 06:12 ހާއިރު ފުލުހުންނަށް ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުންނާއި ސިފައިން އެގެޔަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރުނުހުޅުވުމުން ބާރުގެ ބޭނުން ކޮށްގެން އެގެޔަށް ވަދެ ބެލި ބެލުމުން ދުން އަރާފައި ވަނީ ބަނގުރާ ކައްކަމުންދާތީ ކަމަށް އެނގިފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ބުނެފައެވެ.

އެގޭތެރެއިން ބަނގުރާ ކެއްކުމަަށް ބޭނުންކުރާ ގިނަ ސާމާނު ތަކެއް ފެނިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ