
ށ. ފުނަދޫ --
ށ. ފުނަދޫގައި މީހަކަށް ސިހުރު ހެދި މައްސަލައަކާ ގުޚިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މީޑިއާތަަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވިދާޅުވީ, ފުނަދޫގައި ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ 60 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި ސިހުރު ހެދިކަމަށް ބުނާ މައްސަަލަ ތަހުގީގު ކުރަމުންގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުނަދޫގައި ސިހުރު ހަދާފައިވަނީ އެދާއިރާގެ އިންތިޚާބީ މެންބަރު މަރާލަން ކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި އެމައްސަލައާ ގުޅިގެން ރެއިން ފެށިގެން އެރަށުގައި ގިނަ ބަޔަކު އެއްވެ ސިހުރު ހެދި ކަމަށް ބުނާ މީހާ ހައްޔަރުކުރުމަށް ވަނީ ގޮވާލާފައެވެ.
ގުޅުންހުރި

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް!

ޕްރައިމް ގުދަނުގައި ރޯވުން: އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް 16 ފުލުހެއް ފުރިހަމަކޮށްފި

.gif&w=3840&q=75)



