logoEN
cocacola

މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފު ކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ.

ގޮސިޔާ

މިއަދު ހެނދުނު ފެށުނު މި ހަރަކާތަކީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ), މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް), މާލެ ސިޓީ ކައުންސިލް, މިނިސްޓްރީ އޮފް ސިޓީސް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންދާ ސާފު ކުރުމުގެ ހަރަކާތެކެވެ.

ވެމްކޯ އިން ބުނެފައިވާ ގޮތުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ މި ހަރަކާތުގައި އެކުންފުނީގެ މުވައްޒަފުންނާއި މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މާލޭގެ އިންޑަސްޓްރިއަލް ވިލެޖް، އަޅާނުލާ ދޫކޮށްލާފައިވުމުން އެ ސަރަހަށްދުގެ ބޮޑު ބައެއް ވަނީ ކުނިގޮނޑަކަށް ބަދަލުވެފަ އެވެ. މިދިއަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ސަަހައްދާ އެއްވެސް ފަރާތަކުން މާ ބޮޑު އަޅާލުމެއް ބާއްވާ އެ ސަރަހައްދު ސާފުކޮށް ބަލަހައްޓާފައި ނުވާއިރު މިހާރު އެއީ ވަރަށް ބޮޑު ކުނި ގޮނޑެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ