
--
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ށ. ފުނަދޫ އިން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ބަންދުގައި 15 ދުވަސް ވަންދެން ބެހެއްޓުމަށް ފުނަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
ފުނަދޫގައި ސިހުރު ހަދާފައިވަނީ އެދާއިރާގެ އިންތިޚާބީ މެންބަރު މަރާލަން ކަމަށް ބުނެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި އެމައްސަލައާ ގުޅިގެން ރެއިން ފެށިގެން އެރަށުގައި ގިނަ ބަޔަކު ވަނީ އެއްވެ ނުރުހުން ފާޅުކޮށްފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް!

ޕްރައިމް ގުދަނުގައި ރޯވުން: އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް 16 ފުލުހެއް ފުރިހަމަކޮށްފި

.gif&w=3840&q=75)



