logoEN
cocacola
މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވި އިރު ދިޔައީ ބަގުރާ ކައްކަމުން!

މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވި އިރު ދިޔައީ ބަގުރާ ކައްކަމުން!

ޝައުފާ އިސްމާއިލް

logo

10/13/2022, 9:35:38 AM

# ފުލުހުން# މާލެ

159608_3_a693fea6378051c546e1f3b07700491a3834f53d_large

މާލޭގެ ގެއަކުން ދުން އަރާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވެއްޖެ އެވެ.

ގޮސިޔާ

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ ހެންވޭރު ރޯޝަނީ މަގުގައި ގެއަކުން އަރާކަމަށް މިއަދު ހެނދުނު 06:12 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިއާއި އެކު ފުލުހުންނާއި ސިފައިން އެގެޔަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރުނުހުޅުވުމުން ބާރުގެ ބޭނުން ކޮށްގެން އެގެޔަށް ވަދެފައިވާ ކަމަށް މީޑީއާ އޮފިޝަލް ވިދާޅުވިއެވެ.

އެގެޔަށް ވަދެ ބެލިބެލުމުން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކަމުން ދާތީކަން އެނގިފައިވާ ކަމަށާއި ބަނގުރާ ކެއްކުމަަށް ބޭނުންކުރާ ގިނަ ސާމާނު ތަކެއް އެގޭގެ ތެރެއިން ފެނިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުން ދީފައެއް ނުވެއެވެ.

އެސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ