logoEN
PNC TOP 3
އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުމީދޫއަށް

އިއްޔެ އެންމެ ބޯކޮށް ވާރޭ ވެހުނީ ހުޅުމީދޫއަށް

މަރިޔަމް ޝާލިނީ

logo

10/12/2022, 3:05:36 PM

# މޫސުން# މެޓް އޮފީސް

moosun| މޫސުން

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ އައްޑޫ ސިޓީ ހުޅުމީދޫއަށްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

PNC MID 2

މޫސުމާބެހޭ ޤައުމީ އިދާރާއިން އާއްމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އައްޑޫ ސިޓީ ހުޅުމީދޫއަށް 58.9 މިލިމީޓަރަށް ވާރޭ ވަނީ ވެހިފައެވެ. ދެން އެންމެ ގިނައިން ވާރޭވެހުނު ލ.ކައްދޫއަށެވެ. އެއީ 51.4 މިލިމީޓަރުގެ ވާރޭއެވެ.

undefined

ހުޅުމީދޫ އާއި ކައްދޫއަށްފަހު ދެން އެންމެ ގިނައިން ވާރޭވެހުނުކަމަށް ރިކޯޑް ކުރެވިފައިވަނީ އދ.މަމިގިއްޔަށާއި ވ.ރަކީދޫއަށާއި ރ.އަލިފުއްޓަށާއ ރ. ދުވާފަރަށެވެ. މި ރަށްތަކަށް 40 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހިފައިވެއެވެ. މިގޮތުން އދ.މާމިގިއްޔަށް 48 މިލިމީޓަރަށް ވާރޭވެހިފައިވެއެވެ. އަދި ވ.ރަކީދޫއަށާއި ރ.އަލިފުއްޓަށް 46 މިލިމީޓަރަށް ވާރޭވެހުނުއިރު ރ.ދުވާފަރަށް ވާރޭ ވެހުނީ 42.1 މިލިމީޓަރަށްކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ މަދުން ވާރޭވެހުނުކަމަށް ރިކޯޑް ކުރެވުނީ ހދ. ކުޅުދުއްފުއްޓަށެވެ. އެރަށަށް ވާރޭ ވެހުނީ 0.2 މިލިމީޓަރަށެވެ. އަދި ގދ. ތިނަދޫއަށް ވާރޭވެހިފައިވަނީ 3.8 މިލިމީޓަރަށެވެ.

މިދުވަސްވަރަކީ މޫސުން ގޮސް ދުވަސްވަރެއްކަމުން ހުރިހާ ފަރާތްތަކުންވެސް ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ. މިގޮތުން ދަތުރަށް ފުރާއިރު މޫސުމަށް ބެލުމަށާއި މޫސުން ގޯސްނަމަ ދަތުރުތައް މަޑުޖައްސާލުމަށް ކަމާބެހޭ ފާރާތްތަކުން އިލްތިމާސްކުރެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC