
-
ބާރަށް ގުގުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ޅ. އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް މިއަދު 9:10 އިން މެންދުރު 1:00 އަށެވެ.
މި މުއްދަތުގަައި ބާރަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.




