ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރެއަށް މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މި ދެ ހިސާބަށް މިއަދާއި މާދަމާވެސް ވިއްސާރަކޮށް، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އުތުރާއި މެދުރާއްޖެ ތެރެއަށް ވައިގެ ބާރުމިން އުޅޭނީ 10 މޭލާއި 20 މޭލާ ދެމެދުގައި ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މީގެ އިތުރުން އެ ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވި ނަމަވެސް ދަތުރުފަތުރު ނުކުރެވޭ ވަރަށް ގަދަ ނުވާނެކަމަށާއި ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމުގެ އެންމެ ފަހުގެ މައުލޫމާތު ހޯދައިގެން ދަތުރުކުރުމަށްވެސް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.






