
ޕްރައިވަޓައިޒޭޝަން ބޯޑުގެ ނާއިބު ރައީސަށް ރުހުން ހޯދަން މަޖިލީހަށް
# ރައްޔިތުންގެ މަޖިލިސް# ޕްރައިވަޓައިޒޭޝަން ބޯޑުmajlis |މަޖިލިސް
ޕްރައިވަޓައިޒޭޝަން ބޯޑުގެ ނާއިބު ރައީސް ކަމަށް ހއ. އިހަވަންދޫ، އާޒާދީ ބަހާރު މުހައްމަދު ފިރާޝް އައްޔަނުކުރަން ރުހުން ހޯދަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ފިރާޝްއަށް ރުހުން ހޯއްދަވަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ މަޖިލީހުގެ އަމީން އާންމު ވަނީ މިއަދުގެ ޖަލްސާގައި އިއްވަވައިފަ އެެވެ. ރައީސްގެ ސިޓީ ފުޅާ ގުޅިގެން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
އެސްއޯއީ ކޮމެޓީގައި މަޝްވަރާކުރުމަށްފަހު ރުހުން ދޭން ފާސްކޮށްފިނަމަ، ފިރާޝަށް ރުހުން ދިނުމާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.
ޕްރައިވަޓައިޒޭޝަން ބޯޑަކީ ކުންފުނިތައް ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުން މަތިކޮށްފައިވާ މިނިވަން ވުޒާރާއެކެވެ.
އެ ބޯޑުގައި ކުރިން ރައީސްގެ ގޮތުގައި ހުންނެވި ހަސަން ވަހީދު ވަނީ 2020 ވަނަ އަހަރު އިސްތިއުފާ ދެއްވައިފަ އެވެ. އަދި އޭގެ ފަހުން އަހަރަކާއި މަސްތަކަކަށް ފަހު ކުރިން އެ ބޯޑުގެ ނާއިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އާސިމް މުހައްމަދު ވަނީ މި އަހަރު ކުރީކޮޅު ރައީސްކަމަށް އައްޔަނުކުރައްވައިފަ އެވެ
ގުޅުންހުރި

ހިތަދޫ ކޯޒްވޭ ނިންމައި، 2028 ގެ މެދުތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ- މިނިސްޓަރު

ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރަން ރުހުންދީފި

ކޫލް ސްކޫލް ޕްރޮޖެކްޓް ލަސްވަނީ ސްކޫލްތަކުގައި ކަރަންޓު ވިއުގަ ބާވެފައި ހުރުމުން: ޝަފީއު




