logoEN
Sto top
އެކުގައި މަސައްކަތް ކުރުމަށް ޕީޖީއާއި އޭސީސީ އެއްބަސްވުމަކަށް

އެކުގައި މަސައްކަތް ކުރުމަށް ޕީޖީއާއި އޭސީސީ އެއްބަސްވުމަކަށް

އައިޝަތު އިފާޝާ

logo

10/11/2022, 12:53:28 PM

# ޕްރޮސެކިއުޓަރ ޖެނެރަލް# އެންޓިކޮރަޕްޝަން ކޮމިޝަން

FexNClLaAAAB5lk

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Wamco

މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު އެއްބަސްވެވިފައިވެއެވެ.

މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އެގޮތުން އޭސީސީން ތަޙުޤީޤުކުރާ މައްސަލަތައް މި އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މަޢުލޫމާތު ވަކި ހަމައަކުން އޭސީސީއާ ޙިއްޞާކުރަމުންދިއުން ހިމެނެއެވެ.

View post on Twitter

ޕީޖީ އޮފީހުން މިކަމާ ގުޅޭގޮތުން ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށްދަނީ އެ ދެ މުވައްސަސާ ގުޅިގެނން ކަމަށާއި، ތަޙުޤީޤު ކުރިއަށްދާ މައްސަލަތަކުގައި ޕީޖީ އޮފީހުގައި ޤާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ ތެރެއިން މިހާރުވެސް ގެންދަނީ ތަޙުޤީޤަށް ބޭނުންވާ ލަފައާއި އިރުޝާރު ދެމުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ މަޤްޞަދަކީ މިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމަށް މަގުފަހިކުރުން ކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމާއި، އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC