logoEN
cocacola
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

އައިޝަތު އިފާޝާ

logo

10/10/2022, 1:30:51 PM

# ޖިންސީ ފުރައްސާރަ

Jaleel_Mia_8e72c11f0b

ހުޅުމާލޭގައި މީހަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގެ ތަހުގީގަށް ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނުކޮޮށްފިއެވެ.

ގޮސިޔާ

ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

އެމައްސަލައާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވަނީ ޖަލީލް މިއާ، ބަންގްލަދޭޝް (35އ) އެވެ. އޭނާގެ ޕާސްޕޯޓު ނަންބަރަކީ EJ0659965 އެވެ.

ޖަލީލް މިއާ ހާޒިރުވާން ޖެހެނީ ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް 2022 އޮކްޓޯބަރ 18 ވަނަ ދުވަހުގެ 11:00 އަށެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ