
ސިފައިންނަށް ޖިންސީ ފުރައްސާރައާ ގުޅޭ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްފި
# އެމްއެންޑީއެފް# ޖިންސީ ފުރައްސާރަFjJkhWcaMAAtFT9
އެމްއެންްޑީއެފް ސަދަން އޭރިއާ ކޮމާންޑުގައި ޤާއިމުވެ ތިބޭ ސިފައިންނަށް "ވަޒީފާގެ މާހައުލުގައި ދިމާވާ ޖިންސީ ފުރައްސާރަ"ގެ ނަމުގައި އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮސްްފިއެވެ.

މިސެޝަން ކުރިއަށް ގެންގޮސްފައިވަނީ ޖެންޑަރ މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ގުޅިގެންނެވެ.
ޑިސެންބަރު 4 ވަނަ ދުވަހު ސަދަން އޭރިއާ ކޮމާންޑުގައި ކުރިއަށް ގެންދިޔަ މި އެވެއަރނަސް ސެޝަނުގައި، ވަޒީފާގެ މާޙައުލުގައި ދިމާވާ ޖިންސީ ފުރައްސާރައަކީ ކޮބައިކަމާއި، ޖިންސީ ފުރައްސާރައަކަށް އަމަލުތައް ބަދަލުވެގެންދަނީ ކިހިނެއް ކަމާއި، ޖިންސީ ފުރައްސާރަ ރިޕޯޓް ކުރާނެ ގޮތްތަކާއި، މިކަމާ ބެހޭގޮތުން ތަންފީޒު ކުރެވިފައިވާ ޤާނޫންތަކާއި، ވަޒީފާ ދޭ ތަންތަނުގައި މިކަމާ ގުޅޭގޮތުން އެކުލަވާލެވިފައިވާ އޮންނަ ކޮމިޓީގެ ދައުރު ބުނެދިނުން ފަދަ މަޢުޟޫތަކަށް އަލިއަޅުވާލިއެވެ.
އެޗްއާރުސީއެމްގެ ފަރާތުން މަޢުލޫމާތު ފޯރުކޮށްދިން އެ ސެޝަނުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ އެޑްމިން އެންޑް ޕަރސަނަލް އޮފިސަރ، މޭޖަރ ޢަބްދުﷲ ޝަނީޒާއި އެ އޭރިއާ ކޮމާންޑުގެ ސާޖަންޓް މޭޖަރ، ސާޖަންޓް މޭޖަރ އަޙްމަދު އިމްތިޔާޒްއާއި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެލައްވާފައެވެ.
ގުޅުންހުރި

އޮޔާދާ ސްރީލަންކާގެ މަސްބޯޓަށް ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ސްރީލަންކާގެ މަސްބޯޓެއް އިންޖީނު ހުއްޓި ހިތަދޫ ކޯއްޓޭއާ ދިމާލަށް އޮޔާ ދަނީ!

އެމްއެންޑީއެފާއި އިންޑިއަން ނޭވީ ގުޅިގެން ޑިޒާސްޓަރ ރިލީފް އެކްސަސައިޒެއް ކުރިއަށް ގެންގޮސްފި
