logoEN
Sto top
މިހާރު އޮތް އުސޫލަށް އިންތިހާބު ބޭއްވިދާނެކަމަށް ގަބޫލެއް ނުކުރަން: ޝަރީފު

މިހާރު އޮތް އުސޫލަށް އިންތިހާބު ބޭއްވިދާނެކަމަށް ގަބޫލެއް ނުކުރަން: ޝަރީފު

އަޙްމަދު ޖަމީލު

logo

1/27/2021, 10:24:20 AM

# ލޯކަލް ކައުންސިލް އިންތިޚާބު

EC Shareef

އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ލޯކަލް ކައުންސިލް ބޭއްވިދާނެ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

Wamco

ރޭ ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ އެޗްޕީއޭގެ އުސޫލަށް އިންތިހާބު ބޭއްވުމަށް ގިނަ ގޮންޖެހުން ހުރި ކަމަށާއި އިންތިޚާބު ބާއްވާ ނަމަ އިންތިހާބަށް ދާ ހަރަދު ދެ ގުނައަށް އިތުރުވެގެންދާނެކަމަށެވެ.

ޝަރީފު ވިދާޅުވީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގޮތަށް އިންތިހާބު ބާއްވާ ނަމަ މިހާރު އޮތް ގޮތުން ހުރިހާ ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ޖެހެއެވެ. އަދި ކަރަންޓީނު ފެސިލިޓީ ތަކާއި ޕޮޒިޓިވްވެފައި ތިބޭ މީހުންނަށް ވަކިން ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ބޮޑު ހަރަދެެއް ހިނގާނެ ކަމެއް ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިރު އިންތިހާބަށް 95 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside