
ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށް ޝަރީފް އެދިލައްވައިފި
# އިލެކްޝަންސް ކޮމިޝަން# ލޯކަލް ކައުންސިލް އިންތިޚާބުޝަރީފް
ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އެދިލައްވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު މިއަދު ފެށިގެން ކުރިއަށް ދާއިރު މިނިވަންކަމާ ރައްކާތެރިކަމާ އެކު ވޯޓުލުމުގެ ހައްގު އަދާ ކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިލައްވާ ޝަރީފް ވިދާޅުވެއެޖެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި މި އިންތިހާބުގެ ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަންސް އިން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ތައްޔާރުވެފައިކަން ފާހަގަކޮށްލެވެއެވެ.
މި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން، އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން 1 ކެންޑިޑޭޓް ވާދަކުރާނެއެވެ.