logoEN
Sto top
ކައުންސިލް އިންތިހާބުގައި 735 ވޯޓުލާ މަރުކަޒު ގާއިމުކުރަންޖެހޭ - އީސީ

ކައުންސިލް އިންތިހާބުގައި 735 ވޯޓުލާ މަރުކަޒު ގާއިމުކުރަންޖެހޭ - އީސީ

# ލޯކަލް ކައުންސިލް އިންތިޚާބު# އިލެކްޝަން ކޮމިޝަން

144644_3_9fd6fa2b34d0641f562f4de0dd32d8412359671d_medium

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި 735 ވޯޓުލާ މަރުކަޒު ގާއިމު ކުރަންޖެހޭކަމަށް ލަފާ ކުރެވޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

Wamco

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ބެހޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް މިއަދު އިލެކްޝަން ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކުރިން 532 ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށް ލަފާ ކުރެވުނަސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގަވާއިދުތަކާއި އެއްގޮތައް އިންތިހާބު ބޭއްވުމަށްޓަކައި 735 ވޯޓުފޮށި ބަހައްޓަން ޖެހޭކަމަށެވެ. އެއީ ރިސޯޓު ތަކުގެ އިތުރުން މާލެ ސަރަހައްދަށް އިތުރުކުރެވިގެން ދިޔަ ފޮށިތަކެއް ކަމަށް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

ރިސޯޓު ތަކުގައިވެސް ވޯޓު ފޮށިތައް ބެހެއްޓުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީ އާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި ރިސޯޓުތަކުން އެދިއްޖެ ހިނދެއްގައި އެ ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމުގެ މަސައްކަތް ކުރާނެކަންވެސް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަސްކުރުމަށް ނިންމި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާކަން އިއުލާން ކުރީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ނިންމާފައިވަނީ ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ސޯލިހު ތަސްދީގުކުރައްވާފައިވާ ގަވާއިދާ އެއްގޮތަށް އެޗްޕީއޭގެ ޚާއްސަ ގައިޑްލައިނެއްގެ ދަށުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside