
މޮނީޓަރިންގ ހާލަތުގައި އޮތް ރަށްރަށަށް ވެސް ވޯޓު ލާން ދެވޭނެ - އީސީ
# ލޯކަލް ކައުންސިލް އިންތިޚާބު# އިލެކްޝަން ކޮމިޝަންޝަރީފް
ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގ ހާލަތުގައިވާ ރަށްތަކަށްވެސް ވޯޓުލުމަށް އެރަށެއްގެ ޓާސްކް ފޯސްގެ ހުއްދަ ހޯދައިގެން ދެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފިއެވެ.

ކޮވިޑް ފެތުރި ބައެެއް ރަށްތައް އަދިވެސް އޮތީ މޮނީޓަރިންގ ހާލަތުގައެވެ. ވޯޓުލުން އޭޕްރިލް 10ގައި އޮންނައިރު، ބައެއް ރަށްތައް މޮނީޓަރިންގ ހާލަތުން ނަގާނެ ކަމަަށް ނުބެލެވެއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ވޯޓުލާން ދިއުމުގެ ހުއްދަ ލިބޭނެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށެވެ.
"މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށަށް ވެސް ރަށު ޓާސްކް ފޯސްއާ ގުޅިގެން ހަމައެކަނި ވޯޓުލުމަށް ހުއްދަ ލިބޭނެ" - ޝަރީފް ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މިހާރު މާލެ ސަރަހައްދަށް ވުރެ އަތޮޅު ތެރޭގައި ދަނީ އިތުރުވަމުންނެވެ. އަތޮޅުތެރޭ ގިނަ ރަށްރަށެ މިހާރުވެސް ވަނީ މޮނީޓަރިންގ ހާލަތުގައެވެ.
ގުޅުންހުރި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި
-707312cefd357410f23b.webp&w=3840&q=75)
ލޯކަލް ކައުންސިލް އިންތިހާބު: ޖުމުލަ 621 ވޯޓުފޮށި ބަހައްޓާނެ!

ކައުންސިލް އިންތިހާބާ ދިމާކޮށް އީސީން ޓިކްޓޮކް މުބާރާތެއް!





