އަހަރުގެ މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި
އަލްފާ އަލީ
10/8/2022, 5:30:02 PM
ފަތުރުވެރިން | Tourist
މިއަހަރުގެ މިހައިތަނަށް 1.2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހައިތަނަށް 1،214،544 ފަތުރުވެރިން ރާއްޖެ ވަނީ އައިސްފައެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ 38.3 ޕަސަންޓް އިތުރު އަދަދެކެވެ. މި މުއްދަތުގައި ރާއްޖެއަށް 878،317 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖެނުއަރީ މަހު 131،764 ފަތުރުވެރިން ވަނީ އައިސްފަ އެވެ.
އަދި ފެބްރުއަރީ މަހު 149،008 ފަތުރުވެރިން ރާއްޖެ އައިއިރު، މާރޗު މަހު 150،739 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. މީގެ އިތުރުން އެޕްރީލް މަހު 145،280 ރާއްޖެ އައިއިރު، މެއި މަހު 125،522 ފަތުރުވެރިން އަދި ޖޫން މަހު 110،889 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.
މީގެ އިތުރުން ޖުލައި މަހު 133،561 ފަތުރުވެރިން ރާއްހެ އައިސްފައިވާއިރު، އޮގަސްޓު މަހު 131،862 ފަތުރުވެރިން ވަނީ އައިސްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ފާއިތުވި ދެއަހަރު ފަތުރުވެރިކަން ވަނީ ކޮވިޑާއި ގުޅިގެން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. 2020 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވަމުން އަންނަ އިރު، ސަރުކާރުން ދަނީ މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން އަމާޒު ހިފާފައެވެ.