logoEN
Sto top
ރާއްޖެއާއި އިންޑިއާއިން ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާއިން ފަތުރުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

11/11/2025, 3:55:03 PM

# ޓުއަރިޒަމް މިނިސްޓްރީ

-

ރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހިމް، އިންޑިއާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ގަޖެންދުރަ ސިންގް ޝެކާވަތުއާ ބައްދަލުކުރައްވައިފި އެވެ.

Wamco

މި ބައްދަލުކުރެއްވުން ކުރިޔަށް ގެންގޮސްފައިވަނީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ކުރިޔަށްދާ އ.ދ ގެ ޓޫރިޒަމް ޖެނެރަލް އެސެމްބްލީގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެވަޒީރުން ވަނީ ދެޤައުމު ދެމެދު ފަތުރުވެރިކަމުގެ ދާއިރާގައި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރުކުރުމަށާއި، ފަތުރުވެރިކަމުގެ ސިނާއީ ގުޅުންތައް ވަރުގަދަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު އާ އިންވެސްޓްމަންޓްގެ ފުރުސަތުތައް ހޯދުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި ތަމްރީނު އަދި ފަންނީ ހުނަރު ބަދަލުކުރުމުގެ ފުރުސަތުތައް ދިރާސާކުރުމާ ބެހޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވެއެވެ.

މި މަޝްވަރާތަކުގެ މަޤުޞަދަކީ، ދެޤައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދެފަރާތުން ވެސް ފައިދާވާނެ ގޮތަކަށް ގުޅުންތައް ބަދަހިކޮށް، ދެޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް އެހީތެރިވުމެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC