logoEN
Sto top
ރާއްޖެއާއި ގްރީސް އާއި ދެމެދު ފަތުރުވެރިކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި ގްރީސް އާއި ދެމެދު ފަތުރުވެރިކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

11/5/2025, 4:22:45 PM

# ފަތުރުވެރިކަން

-

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއާއި ގްރީސްގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، މިސްޒް އޮލްގާ ކެފަލޮގިޔާނީއާ ބައްދަލުކުރައްވައިފި އެވެ.

Wamco

މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މައުރަޒުތަކުގެ ތެރޭގައި ހިމެނޭ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއު.ޓީ.އެމް) 2025 ގެ ހަވާސާގައި އެވެ.

މި ބައްދަލުވުމުގައި ދެގައުމުގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކުރުމާއި، ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ. ދިވެހިރާއްޖެއާއި ގްރީސްއަކީވެސް ފަތުރުވެރިކަން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ދެ ގައުމުކަމުން، މި ބައްދަލުވުމުގެ ސަބަބުން ދެގައުމަށްވެސް ފައިދާ ކުރާނެ ގިނަ ކަންތައްތަކެއް ހޯދުމަށް މަގުފަހިވެގެންދާނެކަމަށް ރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން ބުނެއެވެ.

އަދި މީގެ އިތުރުން އެއަރލައިން ގުޅުންތައް ހަރުދަނާކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ކެރިފޯރުންތެރިކަން އިތުރުކުރުމާއި، އަދި ދަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމުގެ ފިޔަވަޅުތައް ހަރުދަނާކުރުން ފަދަ މުހިންމު އިސްކަންދޭ ކަންތައްތަކާ ބެހޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައި އެވެ.

އަދި ދެވަޒީރުން ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި، އަދި ދެގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތްތަކާ ބެހޭގޮތުން ހިޔާލު ބަދަލުކުރައްވާފައެވެ. މި މަޝްވަރާތަކުގެ ތެރެއިން ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި، އާ އީޖާދީ ގޮތްތަކަށް އަލިއަޅުވާލާފައިވެއެވެ.

ޑަބްލިއު.ޓީ.އެމް 2025 އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ އިސް ފަރާތްތަކާއި، ސަރުކާރުތަކުގެ މުހިންމު ވަފުދުތައް ބައްދަލުކޮށް، ހިޔާލު ބަދަލުކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ ފެންވަރުގައި އިތުރަށް ފުޅާވެ، އަދި އާ މާކެޓުތަކަށް ދިވެހިރާއްޖެއަށް ވަދެވުމުގެ ފުރުސަތުތައް ފަހިވެގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC