
-
ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހިމް, ޤަތަރު ޓޫރިޒަމްގެ ޗެއަރމަން، އެކްސެލެންސީ ސަޢުދު ބިން ޢަލީ އަލް-ޚަރްޖީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިޔަށް ގެންގޮސްފައިވަނީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ކުރިޔަށްދާ އ.ދ ގެ ޓޫރިޒަމް ޖެނެރަލް އެސެމްބްލީގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ދިވެހިރާއްޖެއާއި ޤަތަރު ދެމެދުގައި ވައިގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ކަމަށެވެ. މީގެ އިތުރުން، އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުދޭ ބައިވެރިވުންތައް ޤާއިމުކުރުމާމެދުވެސް ފުންކޮށް މަޝްވަރާކުރެވުނުކަން ވަނީ ހާމަކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ޤަތަރުގެ އެހީތެރިކަމާއި، މި ދާއިރާއިން ކުރިއަށް ގޮސްދާނެ އާ ގުޅުންތަކަށް ތަފްޞީލީ މައުލޫމާތު ދެއްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައި މިފަދަ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުމަކީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޤަތަރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއް ކަމަށް ބެލެވޭކަމަށް މިނިސްޓްރިން ބުނެއެވެ.
ގުޅުންހުރި

ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ ގޮތުން 'އައި އެމް މޯލްޑިވްސް' ގެ ނަމުގައި ރޯޑް ޝޯއެއް މެލޭޝިޔާގައި ބާއްވައިފި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ ލޯނެއް ބީއެެމްއެލް އިން ތައާރަފްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ ސިއްޙީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމް އިފްތިތާޙްކޮށްފި




