logoEN
cocacola
ފަރެސްމާތޮޑާގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަނދަރު ސަރަހައްދުގައި ބަހައްޓަނީ

ފަރެސްމާތޮޑާގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަނދަރު ސަރަހައްދުގައި ބަހައްޓަނީ

# ފަރެސްމާތޮޑާ

179826_3_75aa7c2e7aa9d08704b90a6008d27f5fe23584cb_medium

ގދ ފަރެސްމާތޮޑާގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ބަނދަރު ސަރަހައްދުގައި ބެހެއްޓުމަށް ފަރެސްމާތޮޑާ ކައުންސިލުން ނިންމައިފި އެވެ.

ގޮސިޔާ

ފަރެސްމާތޮޑާ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެކައުންސިލުން ދޭ ނަމޫނާއަކާއި އެއްގޮތަށް އެރަށު ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ ބިނާއެއް އަމިއްލަ ތަކެތީގައި ތަރައްޤީކޮށްދޭނެ ފަރާތެއް ބޭނުންވެފައިވާކަމަށެވެ.

އެކައުންސިލުން ވަނީ މި މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިމަހުގެ 9 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުން އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ