
MTCC Ferry service
ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ބޭނުންވާ އުޅަނދުތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް އެމްޓީސީސީއިން އިއުލާނު ކޮށްފިއެވެ.

އެމްޓީސީސީން އިއުލާނު ކޮށްފައިވަނީ 17 ހައިސްޕީޑް ފެރީ އުޅަނދު ހަދައިދިނުމަށެވެ. އަދި މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ 11:00ގެ ކުރިން މިކަމަށް ޝައުގުވެރިވާކަމުގެ ލިޔުން އެމްޓީސީއަށް ހުށަހެޅުން އެދޭ ކަމަށެވެ.
ހައިސްޕީޑް ފެރީ ގެ ކޮންމެ އުޅަނދެއްގައި 50 ފަސިންޖަރުންނާއި 4 ކްރޫއާއި، 2 ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގަ ހުންނަންވާނެ ކަމަށާއި، ކޮންމެ ފަސިންޖަރަކަށް 20ކިލޯގެ ލަގެޖު އުފުލޭނެ ޖާގަވެސް ހުންނަންވާނެ ކަމަށެވެ. މީގެ އިތުރުން ޖާގަ ތަނަވަސްވާނެގޮތަށް ގޮނޑިޖެހުމާއި ފުރޮޅުލީ ގޮނޑީގައި ފަސޭހައިން ފެރީއަށް އެރޭގޮތަށް ހުންނަންޖެހޭނެކަމަށްވެސް އެމްޓީސީސީން ކޮށްފައިވާ އިއުލާނުގައި ފާހަގަކޮށްފައިވެ އެވެ.
މިއަހަރުގެ ތެރޭގައި ފެރީގެ ހިދުމަތް ފަށަން ހަމަޖައްސާފައި ވަނީ އެންމެ އުތުރުގެ ތިން އަތޮޅުގަ އެވެ. އެގޮތުން ހއ. އާއި ހދ. އަދި ށ. އަތޮޅުގެ 41 ރަށެއްގައި އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފެރީގެ ހިދުމަތް ފެށިގެންދާނެ އެވެ.
ގުޅުންހުރި

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށް!

ގުރައިދޫ އެއާޕޯޓަށް ބިން ހިއްކުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް!

މާޅޮހުގެ ދެ މަޝްރޫއުއެއްގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ
