logoEN
ކޮކާކޯލާ
އިންޑިއާގެ އާއިލާއެއް ރަހީނުކުރުމަށްފަހު މަރާލައިފި

އިންޑިއާގެ އާއިލާއެއް ރަހީނުކުރުމަށްފަހު މަރާލައިފި

އަލްފާ އަލީ

logo

10/6/2022, 3:15:13 PM

# އެމެރިކާ# އިންޑިއާ# ރަހީނު ކުރުން

2f1e06f8-5e20-4156-926c-dad1ca764248

އެމެރިކާގެ ކެލިފޯނިއާގައި އިންޑިއާގެ އާއިލާއެއް ރަހީނު ކުރުމަށްފަހު ހުރިހާ މެމްބަރުން މަރާލާފައި ތިއްބާ ފެނިއްޖެއެވެ.

އަބުޅޯ

ބުދަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ކަމާބެހޭ ފަރާތްތަކުން ވަނީ ތުއްތު ކުއްޖާ ވަގަށް ނެގި މީހާގެ ސަވައިލެންސް ވީޑިއޯއެއް ދައްކާލާފައެވެ. މި އާއިލާ ވަގަށް ނެގީ ކެލިފޯނިއާގެ އެގްރިކަލްޗަރަލް ހާޓްލޭންޑް ސެން ޖޯކީން ވެލީގައި ސެން ފްރެންސިސްކޯގެ އިރުދެކުނުން ގާތްގަނޑަކަށް 125 މޭލު (200 ކިލޯމީޓަރު) ދުރުގައި އޮންނަ 86،000 މީހުންގެ ސިޓީއެއްކަމަށްވާ މަރކެޑްގައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނި ގޮތުގައި އެ އާއިލާގެ ހަތަރު މީހުން ވަގަށް ގެންދިޔައީ ނަފްސާނީ މައްސަލަތަކެއް ހުންނަ، މީގެ ކުރިން އަމިއްލައަށް މަރުވާން މަސައްކަތް ކުރި އެމެރިކާ މީހެކެވެ. އޭނާ އެ މީހުން ރަހީނުކުރި ސަބަބެއް އަދި ހާމަވެފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.

މި މައްސަލައިގައި ކިޑްނެޕްކުރި މީހާއެއްވެސް ޑިމާންޑެއް ކޮށްފައިނުވާއިރު، ރަހީނު ކުރި އާއިލާގެ ހަތަރު މެމްބަރުގެ ހަށިގަނޑުތައް ފެނިފައިވަނީ މަރކެޑް ކައުންޓީގެ ބަގީޗާއަކުންނެވެ. އެމީހުންނަށް ދީފައިވާ އަނިޔާގެ ތަފްސީލުވެސް ހާމަކޮށްފައި ނުވެއެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ކެލިފޯނިއާގެ ފުލުހުން ބުނެފައިވަނީ ކިޑްނެޕް ކުރުމަށް ފަހު މަރާލާފައި ވަނީ ތުއްތު އަންހެން ކުއްޖަކާއި އެ ކުއްޖާގެ އާއިލާގެ އިތުރު ތިން މެމްބަރުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ