logoEN
cocacola
ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް ހުޅުވައިފި

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް ހުޅުވައިފި

އަލްފާ އަލީ

logo

10/6/2022, 10:58:16 AM

# ވީއައިއޭ# ނޫވިލު ސީޕްލޭން ޓާމިނަލް

FeWv9epVIAE8ph_

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވައިފި އެވެ.

ގޮސިޔާ

ވީއައިއޭގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އާ ސީޕްލޭން ޓާމިނަލް "ނޫވިލު" ހުޅުވައިދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް، އެމްއޭސީއެލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)، އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަން ލީޝިން އެވެ.

ނޫވިލު ސީޕްލޭން ޓާމިނަލަކީ ސަރުކާރުން 55 މިލިއަންޑޮލަރު ޚަރަދުކޮށްގެން ތަރައްޤީކޮށްފައިވާ ޓާމިނަލެކެވެ. މި ޓާމިނަލް ވެގެންގޮސްފައިވަނީ މުޅި ދުނިޔޭގައިވެސް އެންމެ ބޮޑު ސީޕްލޭން ޓާމިނަލަށެވެ. އެ ޓާމިނަލްގައި 28،000 އަކަމީޓަރު ހުންނައިރު އެމްއާރުއޯ ފެސިލިޓީގައި 8،836 އަކަމީޓަރު ހުރެއެވެ. އަދި ވީވީއައިޕީ ބަައިގައި 100 އަކަމީޓަރު ހުރެއެވެ.

ނޫވިލު ޓާމިނަލުން ދުވާލެއްގެ މައްޗަށް 4500 އާއި 7500 ދެމެދުގެ އަދަދަކަށް މީހުން ހިދުމަތް ހޯދާނެ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މި ޓާމިނަލް ހުޅުވިގެން ދިޔުމާއެކު އަލަށް ތަރައްޤީކޮށްފައިވާ އެއާޕޯޓްގެ ރަންވޭވެސް މިއަދު ވަނީ ބޭނުންކުރަން ފަށާފައެވެ. ކުރިން ބޭނުން ކުރަމުން އައި ޓާމިނަލްހުންނަ ހިސާބުން ބައެއް ބޯޓުތައް އާ ރަންވޭ އަށް ޖެއްސުމަށް ދަތިވުމުން އާ ރަންވޭ އޮތީ ބޭނުން ނުކުރެވި އެވެ. ނަމަވެސް މިއަދު ހުޅުވުނު އާ ސީޕްލޭން ޓާމިނަލާއެކު ކުރީގެ ޓާމިނަލް ނަގައި އާ ރަންވޭވެސް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ